ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މި އަހަރު ހައްޖަށް ދިޔަ މީހުން މިއަދު މާލެ އައުމަށް ފުރިއިރު އޭގެ ތެރެއިން އެކަކު ޕާސްޕޯޓް ގެއްލިގެން ޖިއްދާ އެއާޕޯޓުގައި ތާށިވެއްޖެއެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިއްދާ އެއާޕޯޓަށް ފުރަން ގޮސް ނާދެވިފައި ހުރީ ށ. މިލަންދޫ ހުސެއިން އިބްރާހިމެވެ.
[end/]
[time]13:06[/time] ހުސެއިން އިބްރާހިމް މިހާރުވަނީ ޙައްޖު މިޝަންގެ ބެލުމުގެ ދަށުގައި ކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިއްޖެއެވެ.
[time]12:50[/time] ސައުދީގައި ކިޔަވަން ތިބި ކުދިން ހުސެއިން އިބުރާހިމް އަށް ވީގޮތަކުން އެހީތެރިކަން ފޯރުކޮށްދީ ހާލުބަލަމުން ދާކަމަށް ސައުދީގައި ކިޔަވާ ދަރިވަރަކު ދިއިސްލާމް އަށް މަޢުލޫމާތު ދީފިއެވެ. އަދި ސަފާ ގްރޫޕުން އޭނައާމެދު ކަންތައް ކުރިގޮތް ރަނގަޅު ނޫން ކަމަށާއި ހައްޖު މިޝަން އަށް މިވަރު ކަމެއް ވީއިރު އަންގާލަން ޖެހޭނެ ކަމަށް ބުނެ މިކަމާމެދު ނުރުހުން ފާޅު ކުރެއެވެ.
[end/]
[time]12:44[/time] ދިއިސްލާމް އަށް މަޢުލޫމާތުލިބޭ ގޮތުގައި ފުރަތަމަ މައްކާއިން ޖިއްދާއަށް ދިއުމަށްފަހު ރާއްޖެ އަންނަން ފުރޭނީ ޖިއްދާއިންނެވެ. އަދި މިހާރު ހުސެއިން އިބުރާހިމް ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.
[end/]
[time]11:23[/time] ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ހައްޖު މިޝަން އައްޝެއިޚް ދީދީ ވިދާޅުވި ގޮތުގައި މިހަރު އެބޭފުޅުން އުޅެނީ އެއާޕޯޓައް ދިޔުމުގެ މަދުމަތީގައި ކަމަށެވެ.
އަދި 2 ގަޑި އިރެއްހާއިރު ވާނެ އެއާޕޯޓާ ހަމަޔައް ދާން. ގާތް ގަޑަކަށް ރާއްޖެ ގަޑިން 3 ޖަހާކާއިރަށް ދެވޭނެ. މިހާރު ވާނީ އަމަލު ކުރަންވީ ގޮތް އޭނާއަށް ގުޅައިގެން ބުނެދީފައި: ޝެއިޚް ދީދީ
[end/]
[time]11:20[/time] ޕާސްޕޯޓް ދަބަހުގައި އޮއްވައި ވަގައްނެގީ. އެކަން ގުރުއްޕުގެ އިސްވެރިންނަށް ވެސް އިނގޭނެ. މިހާރު މިހުރީ އެކަނި މާ އެކަނި އެއާޕޯޓްތެރެ: ހުސެއިން އިބްރާހިމް. ޖަނަވަރީގެ ށ.މިލަންދޫ
[end/]
އިތުރު ތަފްސީލް އަންނަނީ......

















advertisment
ޚިޔާލު