ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ރޭ ކިނޮޅަހުގައި އައްޝައިޚް އާދަމް ޝަމީމްގެ ދަރުސެއް ބާއްވައިފި

ކިނޮޅަހުގައި ރޭ ބޭއްވި ދަރުސްގެ ތެރެއިން ޝައިޚް އާދަމް ޝަމީމް

ކިނޮޅަހުގައި ރޭ ބޭއްވި ދަރުސްގެ ތެރެއިން ޝައިޚް އާދަމް ޝަމީމް

ރ.ކިނޮޅަހު ރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ރޭ ކިނޮޅަހުގައި އައްޝައިޚް އާދަމް ޝަމީމްގެ ދަރުސެއް ބާއްވައިފިއެވެ.

"މުޙައްމަދު صلي الله عليه وسلم ގެ ސުންނަތް ދިރިވުމުގެ މުހިއްމުކަން" މި މަޢުލޫއަށް ރޭ ކިނޮޅަހު ބަނދަރު ސަރަހައްދުގައި ބޭއްވި ދަރުސްގައި ޝައިޚް ޝަމީމް ވިދާޅުވީ ހަމައެކަނި ޤްރުއާނުން އެކަނި ޙުކުމް ނަގާ ، ސުންނަތުގައިވާ ޙުކުމްތައް ޤަބޫލު ނުކުރާ ނަމަ އެމީހަކީ މަގުފުރެދިފައިވާ މީހެއްކަމަށާއި ރަސޫލާ މުޙައްމަދު صلي الله عليه وسلم ކަމަކަށް އަމުރުކޮށްފިނަމަ އެކަމެއް ހިތުގެ އަޑިން ޤަބޫލުކޮށް ބޯލަނބަން ޖެހޭނެ ކަމަށެވެ. ޤަބޫލު ނުކޮށް އެބަސްފުޅަށް މަލާމާތް ކުރާ ނަމަ ތިމާގެ ހިތުގައި ނިފާޤުކަން ނުވަތަ ކުފުރު އެބަހުރިކަމަށް ޝައިޚް ވިދާޅުވިއެވެ.

ވެރިންނަށް ކިޔަމަންވުމުގެ ނަމުގައި ބައެއް މީހުން ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަށާއި ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު صلي الله عليه وسلم ގެ ބަސްފުޅާއި ޚިލާފަށް ވެސް އެމީހުން ވެރިންނަށް ކިޔަމަންވާ ކަމަށާއި ވެރިންނަށް ކިޔަމަންވާން ޖެހޭނީ އިސްލާމްދީނާއި ޚިލާފު ނުވާ ކަންކަމުގައި ކަމަށް ރޭގެ ދަރުސްގައި ޝައިޚް ވިދާޅުވިއެވެ. ވެރިން ކަމަކަށް ގޮވާލާފި ނަމަ ، އެކަމަކީ އިސްލާމްދިނާއި ޚިލާފު ނުވާ ކަމެއް ކަމުގައިވާ ނަމަ ، އެކަމަކަށް ރައްޔިތުން އިޖާބަދޭން ޖެހޭނެކަމަށާއި ނުދީފި ނަމަ އެމީހަކު ފާފަވެރިވާނެކަމަށް ޝައިޚް ވިދާޅުވިއެވެ.

ރައްޔިތުން ވެރިންނަށް ، އަނބިން ފިރިންނަށް ، ދަރިން މައިންބަފައިންނަށް ކިޔަމަންވާން ޖެހެނީ އެކަމަށް ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު صلي الله عليه وسلم އަމުރު ކުރައްވާފައިވާތީ ކަމަށް ރޭގެ ދަރުސުގައި ޝައިޚް ވިދާޅުވިއެވެ.

ރޭ 8:45 ގައި ބޭއްވި މި ދަރުސަކީ ކިނޮޅަހު ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމާއި އަޚްލާޤު ރަނގަޅު ހެޔޮ ރައްޔިތެއް ބިނާ ކުރުމުގެ މަޤްޞަދުގައި ސިލްސިލާ ކޮށް ކުރިޔަން ގެންދާ ދަރުސެއްގެ ބޮޅެއް ކަމަށް ކިނޮޅަހު ކައުންސިލުން ހާމަކުރެއެވެ.

މި ދަރުސަށް ކިނޮޅަހުގެ ގިނަ ޢަދަދެއްގެ މީހުން ޖަމާވިއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ޔާﷲ ކިނޮޅަހު ކައުންސިލްފަދަ ހެޔޮލަފާ ލައުންސިލްތަކަކަށް ރާއްޖެގެ ހުރިހާ ލޯކަލް ކައުންސިލްތައް ލައްވަވާދޭނެ. އާމީން

  2. ޔާﷲ ކިނޮޅަހު ކައުންސިލްފަދަ ހެޔޮލަފާ ކައުންސިލްތަކަކަށް ރާއްޖެގެ ހުރިހާ ލޯކަލް ކައުންސިލްތައް ލައްވަވާދޭނެ. އާމީން

Your email address will not be published. Required fields are marked *