ރާއްޖޭގެ ޚަބަރު ޙައްޖުގެ އަޅުކަމަށްފަހު ރާއްޖެ އަންނަ މީހުންގެ ލަގެޖްތަށް އުފުލައިދިނުމުގައި ސިފައިން އެހީތެރިވަނީ

ޙައްޖުގެ އަޅުކަމަށްފަހު ރާއްޖެ އަންނަ މީހުންގެ ލަގެޖްތަށް އުފުލައިދިނުމުގައި ސިފައިން އެހީތެރިވަނީ

ޙައްޖުގެ އަޅުކަމަށްފަހު ރާއްޖެ އަންނަ މީހުންގެ ލަގެޖްތަށް އުފުލައިދިނުމުގައި ސިފައިން އެހީތެރިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޙައްޖުވެރިން ގެ ލަގެޖްތަށް އުފުލުމުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ޙައްޖުގެ އަޅުކަމަށްފަހު ރާއްޖެ އަންނަ މީހުންގެ ލަގެޖްތަށް އުފުލައިދިނުމުގެ ކަންކަމުގައި ސިފައިން އެހީތެރިވަމުން ދާކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެމްއެންޑިއެފް ގެ ވެބްސައިޓުން ހާމަކުރާ ގޮތުގައި ހައްޖުގެ މާތް އަޅުކަމަށްފަހު އަންނަ ހައްޖުވެރިންގެ ލަގެޖުތައް ކުލިއަރ ކުރާ ހިސާބުން ފެށިގެން އެއަރޕޯޓުން ނިކުމެވެންދެން އެމީހުންގެ ލަގެޖުތައް އުފުލައިދިނުމުގައި ދިވެހި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން އިއްޔެ ސައުދީ އަރަބިއްޔާގެ ފުލައިޓުން މާލެ އައި 246 ހައްޖުވެރިންގެ ލަގެޖުތައް ސިފައިން އުފުލާދީފަވެއެވެ. އަދި ހައްޖުވެރިން ގޮވައިގެން އަންނަ ދެވަނަ ފުލައިޓް މާލެ އައުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 15:30 ގައިކަމަށާއި މިފުލައިޓުން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ 56 ހައްޖުވެރިން ކަމަށްވެސް  މަޢުލޫމާތު ލިބެއެވެ.

މިއަހަރުގެ ޙައްޖުވެރިން ޙައްޖަށް ފުރިއިރުވެސް އެމްއެންޑީއެފް އިން ވަނީ ހަމަ މިގޮތަށް އެހީ ތެރިކަން ފޯރު ކޮށްދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.