އައްޝައިޚް އާދަމް ޝަމީމް ދޫނިދޫގެ ފުލުހުންނަށް ދަރުސެއް ދެއްވައިފިއެވެ.
ދިވެހި ފުލުހުންގެ ބޭފުޅުންކޮޅެއް އިސްނަގައިގެން އިންތިޒާމްކުރި މިދަރުސް ކުރިޔަށް ގެންގޮސްފައިވަނީ ރޭ 8:00 އިން 11:00 އަށް ކަމަށް ދަރުސް އިންތިޒާމް ކުރިފަރާތުން މަޢުލޫމާތު ދެއްވައެވެ. އަދި ދަރުސް އޮތީ ދޫނިދޫގެ ހުސްބިމެއްގައި ކަމަށާއި ދަރުސް ކުރިޔަށް ގެންދެވުނީ ވަކި މާޢުލޫއަކަށް ނޫން ކަމަށްވިޔަސް ބޮޑަށް އަލި އަޅުވާލެވިފައި ވަނީ ނަމާދުގެ މުހިއްމުކަމަށާއި އަޤީދާގެ އެކިއެކި ކަންކަމަށް ކަމަށް މަޢުލޫމާތު ދެއްވިއެވެ.
މިފަދަ ދަރުސްތަކާއި ދީނީ ނަސޭހަތް ދިނުމުގެ ކަންކަން އަދިވެސް މަޑުމަޑުން ކުރިޔަށް ގެންދިޔުމަށް ރާވަމުން ދާކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.
އިއްޔެ ބޭއްވި ދަރުސް އާއި ބެހޭ ގޮތުން ޝެއިޚް ޝަމީމް ވިދާޅުވީ "ބެހެއްޓެވި މެހެމާން ދާރީއަށް ޕޮލިސް ބޭކަލުންނަށް ޝުކުރު ވެރިވާ ކަމަށާއި ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީގް ދެއްވުމަށް ދުޢާކުރާ"ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...