ރާއްޖޭގެ ޚަބަރު ތިމަރަފުއްޓަށް ނަގޫރޯޅިއެއް އަރައިފި

ތިމަރަފުއްޓަށް ނަގޫރޯޅިއެއް އަރައިފި

ތިމަރަފުއްޓަށް ނަގޫރޯޅިއެއް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތ.ތިމަރަފުށި

ތ.ތިމަރަފުއްޓަށް ރޭގެވަގުތެއްގައި ނަގޫރޯޅިއެއް އަރައި ގެއްލުންތަކެއް ވެއްޖެއެވެ.

ތިމަރަފުށި ކައުންސިލުން ދިއިސްލާމަށް މަޢުލޫމާތުދެއްވި ގޮތުގައި ނަގޫރޯޅި އަރާފައިވަނީ 7:45 އާއި 8:00 ދެމެދުގެ ވަގުތެއްގައެވެ. އެވަގުތު މަޑުމަޑުން ވިއްސާރަކުރި ނަމަވެސް ގަދައަށްވައި ޖެހިފައި ނުވާކަމަށާއި ނަގޫރޯޅި އަރައިގެން އައީ ރަށުގެ ދެކުނުފަރާތުން ރަށު މެދާދިމާއަށް ކަމަށްވެއެވެ. އެގޮތުން އެންމެ ފުރަތަމަ އަސަރު ކުރީ ރަށު ދެކުނުފަރާތުގެ ގެއެއްގެ ގުދަނަކަށް ކަމަށާއި އެ ގުދަނުގެ ފުރާޅުގައި ހުރި ޓިނުތައް ވަނީ ނަގޫރޯޅިގެ ގަދަ ވަޔާއެކު އެއްލާލާފައި ކަމަށް މަޢްލޫމާތު ލިބެއެވެ.

ކައުންސިލުގެ ރައީސް ބުންޔާމީން ވިދާޅުވީ ފާހަގަ ކުރެވޭގޮތެއްގައި ގެއްލުންވީ ރަށު މެދުތެރެއިން ބޯޅަދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސް ތަކަށާއި އެތާގެ ކުރިމަތީގައި ހުރި ގެއަކަށް ކަމަށެވެ. ބޯޅަ ދަނޑުގެ ފެންސެއް ވަނީ ފާރާއެކީ އެއްކޮށް ހަލާކުވެފައިކަމަށާއި ކުރިމަތީގައި ހުރި ގޭގެ މަގުމަތީފާރު ވަނީ ވެއްޓި ބިމާ ހަމަވެފައި ކަމަށެވެ. ނަމަވެސް ރަށުގެ އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް ވިދާޅުވިއެވެ.

ތިމަރަފުށީ ކައުންސިލުން މިހާރު ވަނީ ރަށަށްލިބުނު ގެއްލުންތަށް ދިރާސާކުރުމަށް ރަށުތެރެއަށް ކައުންސިލްގެ ފަރާތުން ޓީމެއް ފޮނުވާފައި ކަމަށްވެސް ރަށުކައުންސިލަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.