ރާއްޖޭގެ ޚަބަރު

ފޯނެއް ވަގަށް ނެގި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވެސް

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވެސް

އައި.ޖީ.އެމް ހޮސްޕިޓަލުގެ ވޯޑަކުން މޯބައިލް ފޯނެއް ވަގަށް ނެގި މައްސަލައިގެ ތަޙުޤީޤު ނިންމައި އޭނާގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ސައިޓުގައި މިއަދު ޝައިރު ކޮށްފައިވާ ޚަބަރެއްގައި ވާގޮތުން މި މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މ.ލޭންޑްއޮފްގާޑަން، ޢާޠިފް އަބްދުލް އަޒީޒު (37އ) ގެ މައްޗަށެވެ.

ޢާޠިފް އަބްދުލް އަޒީޒުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2012 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެރޭ 20:00 ހާއިރު އައި.ޖީ.އެމް ހޮސްޕިޓަލްގެ ގައިނީ ވޯޑް ބެޑް ނަންބަރު 11 އިން ފޯނެއް ވަގަށް ނެގި ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާއި ގުޅިގެންކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާއިރު، ޢާޠިފް އަބްދުލް އަޒީޒު އައި.ޖީ.އެމް ހޮސްޕިޓަލްގެ ގައިނީ ވޯޑް ބެޑް ނަންބަރު 11 އިން ވަގަށް ނެގި ކަމަށް ތުޙުމަތު ކުރެވޭ ފޯނު ހޯދައި އެފޯނު މިހާރު ވަނީ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *