ރާއްޖޭގެ ޚަބަރު ޒަކާތު ސްކޮލަޝިޕް މުރާޖައާ ކުރަން އެންގުމުން އޭސީސީގެ މަގުސަދާ ދޭތެރޭ ސުވާލު އުފެދޭ: އެޑިއުކޭޝަން

ޒަކާތު ސްކޮލަޝިޕް މުރާޖައާ ކުރަން އެންގުމުން އޭސީސީގެ މަގުސަދާ ދޭތެރޭ ސުވާލު އުފެދޭ: އެޑިއުކޭޝަން

ޒަކާތު ސްކޮލަޝިޕް މުރާޖައާ ކުރަން އެންގުމުން އޭސީސީގެ މަގުސަދާ ދޭތެރޭ ސުވާލު އުފެދޭ: އެޑިއުކޭޝަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގައި މަތީ ތައުލީމަށް ކިޔަވައިދެމުން އަންނަ ކޮލެޖްއެއް: ޒަކާތު ސްކޮލަޝިޕް 812 ކުދިން ކުރިމަތިލާފައިވޭ | ދިއިސްލާމް ފައިލް ފޮޓޯ

ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން ދޭ ސްކޮލަޝިޕަށް ދަރިވަރުން ހޮވާފައިވާ ގޮތް މުރާޖައާ ކުރުމަށް އޭސީސީ އިން އަންގާފައިވަނީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ތުހުމަތުކޮށްފި އެވެ.

މީޑިޔާ ރިޕޯޓްތަކުން ވާގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު އަލީ (އައިންތު) ވިދާޅުވީ މި މައްސަލައިގައި އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ހިނގާފައި ނުވާ ކަމަށް އޭސީސީން ބުނެ ސްކޮލަޝިޕް އަލުން އެވޯޑް ކުރުމަށް އެންގުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށާއި އޭގެ މަގްސަދާ ދޭތެރޭ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި އެހީ ލިބެން ޖެހޭ ދަރިވަރުންގެ ހައްގުތައް ވެސް މީގެ ސަބަބުން ގެއްލިގެން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޮލަޝިޕަށް 812 ކުދިން ކުރިމަތިލައި، 320 ކުދިން އެއަށް ކޮލިފައިވެފައިވާ އިރު އެ ސްކީމަށް ދަރިވަރުން ހޮވާ އުސޫލުތައް ކަނޑައަޅާފައިވަނީ ޒަކާތު ފަންޑު ކޮމެޓީ އާއި އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަނުން ވަރަށް ބޮޑަށް މަޝްވަރާކޮށްގެންކަމަށް މީޑިޔާގައި އައިންތު ވަނީ ވިދާޅުވެފައެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ސްކޮލަޝިޕަށް ދަރިވަރުން ހޮވުމުގައި އިސްލާމިކް މިނިސްޓްރީ އާއި އެޑިއުކޭޝަންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް ދަރިވަރުން ހޮވުމުގެ އެންމެ ފަހު މަރުހަލާގައި ބައިވެރިވެފައިވަނީ އެޑިއުކޭޝަނުން އެކަންޏެވެ. އެކަމަކު އެކަން އެޑިއުކޭޝަނުން ދޮގު ކުރެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.