މިސްކިތް ފަންޑުގެ ވަޤުފް ބިލްޑިންގް ގެ ބިންގާ މިމަހުގެ ތެރޭގައި އެޅޭތޯ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދްގެ ފޭސްބުކް މެދުވެރިކޮށް ހާމަކުރައްވާފައިވާ ގޮތުގައި "މިސްކިތް ފަންޑުގެ ފަޤުފް ބިލްޑިންގް ގެ ބިންގާ މިމަހުގެ ތެރޭގައި އެޅޭތޯ މަސައްކަތް ކުރައްވަމުން ދާކަމަށާއި މިއީ މިފަދަ އިސްލާމީ ވަޤްފެއް ރާއްޖޭގައި ޤާއިމްކުރެވޭ ފުރަތަމަ ފަހަރު"ކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ މި ބިނާއަށް ކިޔަނީ ”ދާރުލް އީމާން"ކަމަށެވެ.
މިނިސްޓަރ އިތުރަށް މަޢުލޫމާތުދެއްވި ގޮތުގައއަދި މިއީ މިފަދަ އިސްލާމީ ވަޤުފް އެއް ރާއްޖޭގައި ޤާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ. އިސްލާމިކް މިނިސްޓްރީއިން މީގެކުރިން ހާމަކުރައްވާފައިވާ ގޮތުގައި މިސްކިތު ފަންޑުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ 10 ބުރީގެ އިމާރާތެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...