ރާއްޖޭގެ ޚަބަރު އެއާޕޯޓް ހަފްތާ ފެށުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވަނީ

އެއާޕޯޓް ހަފްތާ ފެށުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވަނީ

އެއާޕޯޓް ހަފްތާ ފެށުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓް

”ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް“ މި ނަމުގައި ޖީ އެމް އާރާ ދެކޮޅަށް ދިވެހި ޤައުމީ ހަރަކާތުން ފާހަގަ ކުރާ “އެއާޕޯޓް ހަފުތާ” މިއަދު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

”އެއާޕޯޓް ހަފުތާ“ގެ އިންތިޒާމް ކުރާ ފަރާތުން ”ދިވެހިންގެ އެއާޕޯޓް“ ސައިޓުގައި ހާމަކުރާގޮތުގައި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުޙައްމަދު ވިދާޅުވީ، އެއާޕޯޓް ހަފުތާ ފެށުމުގެ ގޮތުން މިއަދު ފުރަތަމަ ކަމަކަށް އޮންނާނީ ވެހިކަލް ބުރެއް ޖެހުން ކަމަށެވެ.އަދި އެ ވެހިކަލް ބުރުގައި އެއާޕޯޓް ހަފުތާގައި ބޭނުން ކުރާ ޓީޝާޓާއި ލަވައިގެ އިތުރުން ޕޯސްޓަރާއި ސްޓިކާވެސް ބޭނުން ކުރާނެ ކަމަށެވެ.

އަބްދުﷲ މުޙައްމަދު އިތުރަށް ވިދާޅުވީ، ޖީއެމްއާރުގެ ނަމުގައި ރާއްޖޭގައި ދިވެހި އެއާޕޯޓް ހިންގަމުން ދަނީ ވޯރާ ވިޔަފާރިންތަކެއް ކަމަށާއި ޖީއެމްއާރާއި ދެކޮޅަށް ހަރަކާތްތަކެއް ހިންގަން ފަށާފައިވާތީ ޖީއެމްއާރް އަޑީގައި އޮވެގެން ގައުމުގެ މަސްލަހަތު ނަގާލުމަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ޖީއެމްއާރް އަތުން އެއާޕޯޓް ހޯދަން ޝުއޫރު ފާޅުކުރާ ހަފުތާގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ގައުމީ ހަރަކާތުން ރާވާފައިވާ ކަމަށާއި ހަފުތާގެ ބޮޑު ހަރަކާތެއްގެ ގޮތުގައި އެއްވުން ބާއްވަން ނިންމާފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުކަމަށް މަޢުލޫމާތު ލިބެއެވެ.

މާލޭގެ އެކިއެކި ހިސާބުތަކުގައި ޖީ.އެމް.އާރާ ދެކޮޅަށް ޝުޢޫރު ފާޅު ކުރުމުގެ ގޮތުން ބެނާތަކެއް ދަނީ ހަރުކުރެވެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.