ރާއްޖޭގެ ޚަބަރު މަރަށް މަރު ހިފުމުގެ ބިލުގެ ޑްރާފްޓް އެކުލަވާލައިފި: އޭޖީ

މަރަށް މަރު ހިފުމުގެ ބިލުގެ ޑްރާފްޓް އެކުލަވާލައިފި: އޭޖީ

މަރަށް މަރު ހިފުމުގެ ބިލުގެ ޑްރާފްޓް އެކުލަވާލައިފި: އޭޖީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދާދިފަހުން އަވަހާރަކޮށްލި އަފްރާޝީމް އަލީގެ ގޭކައިރީގައި ފުލުހުން ތަޙްގީގު ކުރަނީ | ދިއިސްލާމް ފޮޓޯ: އަޝްވާގް

މަރަށް މަރު ހިފުމުގެ ޙުކުމް ތަންފީޒުކުރުމަށް އެކުލަވާލަން ނިންމި ޑްރާފް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައިފިއެވެ.

މިހާރު ކުރިއަށް ދަނީ ޑްރާފްޓްގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށާއި ޑްރާފްޓުގައި ހުރި އުސޫލީ ބައެއް މައްސަލަތައް މިހާރު ދިރާސާކުރަމުން އަންނަ ކަމަށް އަދި އޭގެ ފަހުން ސަރުކާރުގެ އިސް ފަރާތްތަކުގެ ލަފާ ހޯދައި ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށް، މިއަދު ވެލާނާގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"އެ ގާނޫނުގެ ޑްރާފްޓް ފައިނަލައިޒް ކުރުމަށް ފަހު އިރާދަކުރެއްވިއްޔާ އަންނަ ހަފުތާގެ އެންމެ ކުރީކޮޅު އާއްމުކުރާނެ. އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދާނަން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި މިގާނޫނުގައި ހިމެނޭނީ ހަމައެކަނި ހުކުމް ތަންފީޒުކުރުން ނޫން ކަމަށާއި ތަހުގީގުކުރުމާއި ދައުވާ ކުރުންވެސް އެ ގާނޫނުގައި ހިމެނޭ ކަމަށެވެ. އޭގެ އިރުތުން މިހާރު އަމަލު ކުރެވޭ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ދައުވާ ކުރެވޭ ގޮތަށްވުރެ ހަމަޖެހޭ އުސޫލްތަކެއް ކަނޑައެޅެންޖެހޭ ކަމަށާއި "ހާއްސަކޮށް މަރަށް މަރު ނުވަތަ ގިޞާޞް ހިފުމުގެ ޙުކުމެއް ކަނޑައަޅަން ވެއްޖިއްޔާ މިހާރު އެ ޙުކުމްކުރެވޭ ގޮތްތަކާއި ދައުވާކުރެވޭ ގޮތްތަކަށް ބަދަލުތަކެއް އަންނަން އެބަޖެހޭ. އިސްލާމީ ޝަރީއާ ބެހޭ ގޮތުން އަޅުގަނޑުމެން ހެދި ދިރާސާތަކުގައި ވެސް ވަނީ އެގޮތަށް،" ކަމަށެވެ.

މަރުގެ ޙުކުމްކޮށްފައިވާ މީހުންނާ ދޭތެރޭވެސް އަމަލުކުރާނެ ގޮތެއް އެބިލުގައި އެކުލަވާލެވިފައި ވާނެކަމަށާއި އެކަމުގައި ޤާނޫނުގައި ހައްލެއް ލިބިގެންދާނެ ކަމަށްވެސް ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވިއެވެ. އަދި ދުނިޔޭގައި 50 ހެއްހައި ގައުމުގައި މަރަށްމަރު ހިފާ ކަމަށާއި ޑްރާފްޓް އެކުލަވާލަން މަދީނާ އާއި މިސްރާއި އެމެރިކާގެ ލީގަލް ސިސްޓަމް ފަދަ ތަންތަން ރިސާރޗް ކުރި ކަމަށެވެ.

މަރަށް މަރު ހިފުމަށާއި އިސްލާމީ ޝަރީޢަތް ފުރިހަމައަށް ތަންފީޒު ކުރުމަށް އެތައްބަޔަކު މިހާރު ދަނީ ސޯޝަލް މީޑިއާތަކުގައާއި އެހެނިހެން ގޮތްގޮތުންވެސް ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލައި އަޑު އުފުލަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.