ސައުދީގެ އަލް ޢަޒީޒިއްޔާ ސަރަހައްދުގައި ދެ ބަސް ޖެހި އެކްސިޑެންޓެއްވެގެން ޙައްޖާޖީ އަކު މަރުވެ އިތުރު 15 މީހަކު ޒަޚަމްވެއްޖެއެވެ.
ސައުދީ އަރަބިއާގެ ނޫހެއްކަމަށްވާ ސައޫދީގެޒެޓް ގައި ސައޫދީ ރެޑް ކްރެސެންޓް އޮތޯރިޓީގެ ބަޔާނަކާ ހަވާލާދީ ލިޔެފައިވަނީ މިކަން ހިނގީ މިދިޔަ ހުކުރު ދުވަހު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ގެއްލުންވި 15 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި އެމީހުންވަނީ އަވަސްވީ ގޮތަކުން އެތަނާ އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދެވިފައި ކަމަށެވެ.
ސަލާމަތީ ބާރުތަކުން ވަނީ ހެލިކޮޕްޓަރ ގެ އެހީގައި މަދަދު ފޯރުކޮށްދީފައި ކަމަށާއި މޮޓޯސައިކަލް ފަދަ އުޅަނދުތައް ވަނީ އެސަރަހައްދުން ދުރު ކުރެވިފައެވެ.
ގެއްލުންވި ހުރިހާ އެންމެންނަކީވެސް ސައުދީއިން ބޭރުމީހުން ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަންއިން ބުނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...