ރާއްޖޭގެ ޚަބަރު ކިންޑަރގާރޓްން ޓިއުޝަން ކްލާހުގެ 2010 ގެ ޔޫކޭޖީކުދިންގެ އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ޖަލްސާބާއްވައިފި

ކިންޑަރގާރޓްން ޓިއުޝަން ކްލާހުގެ 2010 ގެ ޔޫކޭޖީކުދިންގެ އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ޖަލްސާބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިސްލާމް

ކިންޑަރގާރޓްންގެ 2010 ގެ އިނާމުދިނުމުގެ ވަރަށް ޚާއްސަ ޙަފްލާއެއް 3 ނޮވެމްބަރު ވީ ބުދަދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ. މި ޖަލްސާއަކީ 2010 ވަނަ އަހަރު ކިންޑަރގާރޓްންގެ ޔޫކޭޖީ ދަރިވަރުންގެ އެންމެ ރަނގަޅު ދަރިވަރުން ފާހަގަކޮށް އެކުދިންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވުމުގެ ޖަލްސާއެވެ.

ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ އައްޝައި ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. ޓިއުޝަން ކްލާހުގެ ފަރާތުން ވާހަކަފުޅު ދެއްކެވީ އަލްފާޟިލް މަސީޙުއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ޒަމާންވީ ޓިއުޝަން ސެންޓަރ މަޖީދުގޭ މަޖީދު(މަޖީދު ސޯ) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިޖަލްސާގައި ޓީޗަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ އަމީރު އަޙުމަދުގެ ހެޑްޓީޗަރ ހުސްނޫ އަފްރޯޒްއެވެ. އެންމެ މޮޅު ދިހަ ކުދިންގެ އިނާމު ބައްސަވައިދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.

ޓެގް

ދީން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.