ރާއްޖޭގެ ޚަބަރު މާލޭގެ ހުރިހާ ސުކޫލެއްގައި އަންނަ އަހަރު ގުރޭޑް 1 ން 10 އަކަށް ކިޔަވައިދޭން ފަށަނީ

މާލޭގެ ހުރިހާ ސުކޫލެއްގައި އަންނަ އަހަރު ގުރޭޑް 1 ން 10 އަކަށް ކިޔަވައިދޭން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

އަންނަ އަހަރު މާލޭގެ ހުރިހާ ސުކޫލު ތަކެއްގައި ގުރޭޑް 1 ން 10 ކިޔަކަށް ކިޔަވައި ދޭން ފަށައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުޠުފީ ހާމަކުރައްވައިފިއެވެ.

ޑރ. މުސްޠަފާ ލުޠުފީ މިގޮތައް ހާމަކުރެއްވީ އެމް.އެން.ބީ.ސީ ވަންގެ ޙަބަރަށް ދެއްވި ބަސްތީގަތުމެއްގައެވެ. ޑރ. މުސްޠަފާ ލުޠުފީ ވިދާޅުވީ މިގޮތައް މިނިންމަނީ މާލޭގެ ހުރިހާ ސުކޫލްތަކާއި ވާހަކަ ދެއްކުމަށްފަހުގައި ކަމަށާއި، އަދި ކޮންމެ ދަރިވަރަކުވެސް ކިޔަވަން ފެށި ސުކޫލަކުން ތަޢުލީމް ހާސިލް ކޮށް ނިންމުމަކީ ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. މިކަމާއި ބެހޭގޮތުން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ރަސްމީ ގޮތުން އެމިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށް ޑރ. މުސްޠަފާ ލުޠުފީ ވިދާޅުވިއެވެ.

މިކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ހުށަހަޅާފައިނުވާ ކަމަށް މުސްޠަފާ ލުޠުފީ ވިދާޅުވެފައިވާއިރު ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުންނާއި، ސިޔާސީ ޕާޓީތަކުންވަނީ ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ހުށަހަޅާފައެވެ. އަދި މިކަމުގައި އެމިނިސްޓްރީގެ އިސްވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުން ވަނީ ބައްދަލުކޮށްފައެވެ.

ޓެގް

ދީން ސަރުކާރު ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.