ޖެހިގެން އޮންނަ ހައްޖު މޫސުމުގައި ހައްޖާޖީންނަށް ރެއިލް ބޭނުންކުރުމުގެ ފުރުސަތު ލިބުމަކީ ގާތް ކަމެކެވެ.
އަރަފާތާއި މުޒްދަލިފާއާއި، މިނާ ގުޅުވައިދިނުމަކީ މި މާޝްރޫޢުގެ ފުރަތަމަ ފިޔަވަޅެވެ. އަދި މި ކަމުގެ ސަބަބުން ޚާއްސަކޮށް އަރަފާތުދުވަހު މީހުން ތޮއްޖެހުން މަދުވެގެން ދާނެކަމަށް ބެލެވެއެވެ. މި ނިޒާމުން އެއްލައްކަ ތިރީސް ހާސް ހައްޖާޖީން އެއްތަނުން އަނެއްތަނަށް ގެންދެވޭނެކަމަށް ލަފާކުރެވެއެވެ. އެއީ ސަޢުދީ އަރަބިއްޔާއިން އެއްލައްކަ ދިހަ ހާސް ހައްޖާޖިންނާއި، ޖީ.ސީ.ސީ ގެ ގައުމުތަކުން ވިހި ހާސް ހައްޖާޖީންނެވެ.
އަރަފާތާއި މިނާ އަދި މުޒްދަލިފާގައި ޖުމްލަ ނުވަ ސްޓޭޝަނެއް ޤާއިމުކުރާގޮތަށް ވަނީ ހަމަޖެހިފައި ކަމަށާއި ދެން އަންނަ ހައްޖު މޫސުމަކަށް ބޭނުންކުރެވޭ ވަރުވާނޭކަމަށް ސަޢުދީގެ ހައްޖާއި އުމްރާ ކޮމިޓީގެ ޗެއަރމަން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...