ރާއްޖޭގެ ޚަބަރު

"ސޯޝަލް މީޑިއާތަކުގައި އިންޒާރު ދެމުންދާތީ ކަންބޮޑުވޭ" ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު ޑރ ޖަމީލް | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

ހޯމް މިނިސްޓަރު ޑރ ޖަމީލް | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

"ސޯޝަލް މީޑިއާތަކުގައި އިންޒާރު ދެމުންދާތީ ކަންބޮޑުވާ"ކަމަށް ހޯމް މިނިސްޓަރު ޑރ މުހައްމަދު ޖަމީލް ވިދާޅުވެއެޖެއެވެ.

މެލޭޝިއާގައި ހުންނަވައިގެން 'ހަވީރު' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ޖަމީލް ވިދާޅުވެފައިވަނީ "ސޯޝަލް މީޑިއާތަކުގައި އެކި މީހުންނަށް އިންޒާރު ދެމުންދާތީ ކަންބޮޑުވޭ. އެހެން ގައުމުތަކުގައި ޓްވިޓާގައި ވަކި ކަހަލަ ބަހުރުވައެއް ބޭނުންކޮށްފި ނަމަ، އިންޒާރުދީ، ނަފުރަތު އުފައްދާ ނަމަ ފިޔަވަޅު އަޅާނެ،"ކަމަށެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ "ސިޔާސީ ފިކުރު ތަފާތުވި ޔަސް، އައިސް އިށީނދެ ތިބެ ހުރި މައްސަލަތަކަށް ހައްލު ހޯދަން ޖެހޭ" ކަމަށާއި "މިއީ ހަމައެކަނި ފުލުހުންނަށް ހައްލުވާނެ ކަމެއް ނޫން. ފުލުހުންގެ ހުރީ ކޮން މައްސަލަތަކެއްތޯ، ޕްރޮސިކިއުޓްކުރުމުގައި ހުރީ ކޮން މައްސަލަތަކެއްތޯ، އަދި ޝަރުއީ ދާއިރާގައި ހުރީ ކޮން މައްސަލަތަކެއްތޯ ފާހަގަކޮށް އެކަންކަމާ މެދު ވާހަކަ ދައްކަން އެބަ ޖެހޭ."ކަމަށެވެ.

ރޭގެ ވަގުތެއްގައި ޑރ އަފުރާޝިމް އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާތީ އެކެމަށް އިޝާރާތް ކުރައްވާ ޑރ ޖަމީލް ވިދާޅުވީ "މަރުގެ ހަމަލާ އަންނަނީ ވަކި ގެއެއްގެ މީހަކަށް ނޫން" ކަމަށާއި "އެފަދަ ޖަރީމާތައް ހުއްޓުވަން ހުރިހާ އެންމެން މަސައްކަތް ކުރަން ޖެހޭ" ކަމަށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މީހަކުމަރާލީމަ އެދުވަހު ވަރައް ފޯރިހުންނާނެ ހުރިހާ މުއައްސަސާއަކާ ބޮޑެތި ފަރާތް ތައްކަމަށް ދައުވާކުރާމީހުން އެކަމަކު މާދަމާ ހަދާނެއްނުވާނެ

Your email address will not be published. Required fields are marked *