ދިއިސްލާމް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލެވުނު ޑރ އަފްރާޝީމް މިއަދު ފަސްދާނުލައިފި

ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލެވުނު ޑރ އަފްރާޝީމް މިއަދު ފަސްދާނުލައިފި

ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލެވުނު ޑރ އަފްރާޝީމް މިއަދު ފަސްދާނުލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: ދިއިސްލާމް. ޑރ.އަފްރާޝީމް އަލީގެ ބައްޕަ ނައިބު ރައީސް ވަޙިއްދީން އާއި ސަލާމް ކޮއްލައްވަނީ

ރޭގެ ވަގުތެއްގައި ޓީވީއެމްގެ އިސްލާމީ ދިރިއުޅުން ޕްރޮގްރާމް ނިންމާލެއްވުމަށްފަހު ގެއަށް އަރާވަޑައިގަންނަވަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލެވުނު ޑރ. އަފްރާޝީމް ޢަލީގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބޭއްވުމަށްފަހު މިއަދު އަޞުރު ނަމާދަށް ފަހު އާސަހަރާގައި ފަސްދާނުލައިފިއެވެ.
ރ. އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ. އަފްރާޝީމް ޢަލީގެ ޖަނާޒާގައި ބައިވެރިވުމަށް އެމަނިކުފާނުގެ ބައްޕާކަލުންނާއި މައިކަނބަލުން އަދި ޢާއިލާގެ ބައެއް ބޭފުޅުން ވަނީ މާލެ އައިސްފައެވެ. ޑރ. އަފްރާޝީމްގެ މޫނު ދެއްކުން އަދި ކަށު ނަމާދު އޮތީ އިސްލާމީ މަރުކަޒުގައެވެ. މި ޖަނާޒާއަށް އެތައް ހާސް ބަޔަކު ވަނީ ޙާޟިރުވެފައެވެ.

ރޭގެ ޓީވީއެމްގެ ޕްރޮގްރާމްގައި ޑރ. އަފްރާޝީމް ވަނީ ކުރިން ވިދާޅުވެވިފައިވާ އޮޅުންއަރާފަދަ ބައެއް ބަސްތަކާ މެދު ތައުބާވެލައްވާކަން އިޢުލާންކުރައްވާފައެވެ

ޑރ އަފްރާޝީމްގެ މަރުގެ މައްސަލަ ތަޙުޤީޤުކުރުމަށްޓަކައި މިހާރުވަނީ ހޮޓްލައިނެއްވެސް ޤާއިމްކުރެވިފައެވެ. އެއީ 3340026 އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.