ރާއްޖޭގެ ޚަބަރު ދީނީ ހަރުކަށިކަމާއި ދެކޮޅުހެދުމަށް، ހުޅަނގުގެ އެހީއަށް ކުރީގެ ރައީސް ނަޝީދު އެދިގޮވާލައިފި

ދީނީ ހަރުކަށިކަމާއި ދެކޮޅުހެދުމަށް، ހުޅަނގުގެ އެހީއަށް ކުރީގެ ރައީސް ނަޝީދު އެދިގޮވާލައިފި

ދީނީ ހަރުކަށިކަމާއި ދެކޮޅުހެދުމަށް، ހުޅަނގުގެ އެހީއަށް ކުރީގެ ރައީސް ނަޝީދު އެދިގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި މިހާރު ކުރަމުންދާ ދަތުރުގެ ތެރެއިން. | ފޮޓޯ: އެމްޑީޕީ

ހުޅަނގުގެ އެހީއަށް ކުރީގެ ރައީސް ނަޝީދު އެދިގޮވާލައިފިއެވެ.  މިގޮތަށް ގޮވާލައިފައިވަނީ ދީނީ ހަރުކަށިކަމާއި ދެކޮޅުހެދުމަށާއި އިންތިހާބެއްބޭއްވުމަށް ބާރުއަޅާ، ޑިމޮކްރެޓިކް މުއައްސަސާތައް ޕްރޮމޯޓުކުރުމަށްކަމަށްވެސް ނަޝީދުވަނީ ހާމަކޮށްފައެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގްއާއި ނަޝީދު ބައްދަލުކުރި ކުރުމުގައި ރާއްޖޭގެ ހާލަތު ނާޒުކުވަމުން އަންނަކަމަށްވެސް ވަނީ ބުނެފައެވެ. އަދި ދީނީ ހަރުކަށިކަމާއި ދެކޮޅުހެދުމަށާއި އިންތިހާބެއްބޭއްވުމަށް ބާރުއަޅާ، ޑިމޮކްރެޓިކް މުއައްސަސާތައް ޕްރޮމޯޓުކުރުމަށް ހުޅަނގުގެ އެހީއަށް އެދި ގޮވާލާފައިވެއެވެ. މި ބައްދަލުވުމަށްފަހި ބޭއްވި އިންޓަރވިއުއެއްގައި ނަޝީދު ބުނެފައިވަނީ "އަހަރަމެން މިއުޅެނީ ރާއްޖޭގައި ކަންކަން ވަމުންއަންނަ ގޮތް އިނގިރޭސިވިލާތުގެ ސަރުކާރަށް ކިޔައިދޭން"ކަމަށެވެ. އަދި "އެމީހުން ނެށުން މަނާކޮށްފި، އެމީހުން ލަވަކިޔުން މަނާކޮށްފި، އެމީހުން ސްޕާތައް މަނާކޮށްފި، އެމީހުން އެތައް ސްޕާތަކަކަށް އަރައިގަން. އިއްޔެ، ފުރަތަމަ ފަހަރަށް އެމީހުން އެމެރިކާގެ ދިދަ އަންދާލި އަދި ސަރުކާރުގެ އެއްވެސް މީހަކު އަކަން ކުއްވެރިއެއްނުކުރޭ. އައު ރައީސް، ބަރޯސާވެގެން ތިބީ "ރެޑިކަލް އިސްލާމިސްޓުންނަށް"(ސިޔާސީގޮތުން)"ކަމަށެވެ.

ނަޝީދު ހާމަކުރި ގޮތުގައި ރާއްޖޭގެ ރައްޔިތުންވަނީ ޕާކިސްތާނާއި  އިންޑިއާގައި އަލް ޤައިދާގެ ހަމަލާތަކުގައި ބައިވެރިވެފައިއެވެ. އަދި ނަޝީދުގެ ބާރު އޮތް އިރު ހުޅަނގުގެ އިންޓެލިޖެންސް އެޖެންސީތަކާއި ޤަވައިދުން ބައްދަލުކޮށްފައިވާނޭކަމަށާއި ހުޅަނގާއި އިދިކޮޅުގޮތްތައް އިތުރުވުމުގް ސަބަބުން ސިޔާސީ ގޮތުން ހާލަތު ނާޒުކުވެފައިވާކަމަށްވެސް ވަނީ ހާމަކޮށްފައެވެ. ނަޝީދު ބުނެފައިވަނީ "މިހާތަނަށް އެއްޗެއް ގޮއްވާފައިނުވަނީ ކީއްވެކަމެއް އަޅުގަނޑަކަށް ނޭނގޭ"ކަމަށާއި، "މިވަގުތު ރާއްޖޭގައި އެއީ ކުރަން ރަނގަޅުކަމެއް ނޫންކަމަށް ފެންނަނީ(ކަމަށްވެސް ވެދާނެ). ވެދާނެ އެމީހުން އަހަރަމެންގެ ޤައުމީ އެކައުންޓުތައް ބޭނުންކުރަނީ ކަމަށްވެސް. އެމީހުން އަހަރަމެންގެ ބޭންކް އެކައުންޓުތައް ބޭނުން ކުރަނީކަމަށްވެސް މިއީ މީހުން ހޯދުމަށް (އެމީހުންނާ ގުޅެން) ރަނގަޅުތަނެއްކަމަށްވެސް ވެދާނެ"ކަމަށެވެ.

"އަހަރަމެންނަށް ފެންނަގޮތުގައި ކޮމަންވެލްތު މެދުވެރިކޮށް ރާއްޖެއަށް އެހީވުމުގެ ފުޅާމަގެއް އެމީހުންނަށް(އިނގރޭސި ސަރުކާރު) އެބައޮތް. އަހަރަމެން މި އެދެނީ އިރެއް ނޫން، ހަނދެއް ނޫން، އަދި ތަރިތަކެއްވެސް ނޫން. އަހަރަމެން މި އެދޭކަމަކީ ވަރަށް އާދައިގެ ކަމެއް، އަދި އެއީ ކުރެވިދާނެ ކަމެއް" ނަޝީދު އިންޓަރވިއުގައި ހާމަކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.