
ރަސޫލާއާ އަށް ފުރައްސާރަކޮށް ފިލްމު އުފެއްދި މައްސަލާގައި ރާއްޖޭގައި ހުންނަ ޔޫއެން ބިލްޑިންގް ކުރިމަތީގައި ކުރިޔަށްގެންދިޔަ މުޒާހަރާ ދިއިސްލާމް ފޮޓޯ : އަޖްނާދުޢަލީ
ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް އެމެރިކާގެ ޔަހޫދީންތަކެއް އުފެއްދި ފިލްމު ކުށްވެރިކޮށް އިސްލާމިކް ފައުންޑެޝަން އޮފް ދަ މޯލްޑިވުސް އިން ނޫސްބަޔާނެއް ނެރެފި އެވެ.
އެފައުޑޭޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ "ރަސޫލާގެ އަބުރުފުޅަށް ހަޑިކޮށް ފުރައްސާރަކޮށް ހެދުމަކީ އެއްވެސް މުސްލިމަކު ގަބޫލުކުރާކަމެއް ނޫން ކަމަށާއި އެކަލޭގެފާނަކީ އެންމެހާ މުސްލިމުންގެ ހިތްތަކުގައި ގަދަރު އުފުލިގެންވާ ބޭކަލެއް ކަމަށާއި އެހެންކަމުން ރަސުލާގެ އަބުރުފުޅު ހަޑިކުރުމަށް އެމެރިކާގެ ބަޔަކު ނެރުނު އެފިލްމު އެ ފައުންޑޭޝަނުން ކުށްވެރިކުރާ" ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަނުން އެފިލްމް ކުށްވެރިކޮށް ބަޔާނެއް ނެރެފައިވާ އިރު އިސްލާމިކް މިނިސްޓުރީން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އަދި އިއްޔެ ވަނީ އެ ފިލްމާ ދެކޮޅަށް މާލޭގައި މުޒާހަރާކޮށްފަ އެވެ. އަދި އެ މުޒާހަރާގައި އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯން އަށް ތަފާތު އިންޒާރުތައް ދިނުމަށް ފަހު އެމެރިކާގެ ދިދަ އަންދާލައިފައި ވެސްވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...