ރާއްޖޭގެ ޚަބަރު ރުޤްޔާ ކޯސް ފެށޭ ތާރީހް ލަސްކޮށް ފޯމްލުމުގެ އެންމެ ފަހުގެ މުއްދަތު އިތުރުކޮށްފި

ރުޤްޔާ ކޯސް ފެށޭ ތާރީހް ލަސްކޮށް ފޯމްލުމުގެ އެންމެ ފަހުގެ މުއްދަތު އިތުރުކޮށްފި

ރުޤްޔާ ކޯސް ފެށޭ ތާރީހް ލަސްކޮށް ފޯމްލުމުގެ އެންމެ ފަހުގެ މުއްދަތު އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރުޤްޔާ ކޯސް ފެށޭ ތާރީހް ލަސްކޮށް ފޯމްލުމުގެ އެންމެ ފަހުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޯސް އިންތިޒާމުކުރާ ފަރާތްކަމުގައިވާ ޖަމިއްޔަތުލް ބަޔާންއާއި ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސްއިން (ފޭސްބުކް ގްރޫޕް)  އިން ހާމަކުރައްވާ ގޮތުގައި "ރުޤްޔާ ކޯހުގެ އެޕްލިކޭޝަން ލާންޖެހޭ އެންމެ ފަހުގެ ތާރީހް ވަރަށް ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން އިތުރު ކޮށްފައިވާކަމަށާއި އެގޮތުން ކޯސް ފެށޭ ތާރީހަކީ 22 ސެޕްޓެމްބަރު "ކަމަށެވެ. އަދި "ކޯހުގައި ބައިވެރިވުމަށް ފޯމް ލުމުގެ އެންމެ ފަހު ތާރީހަކީ 20 ސެޕްޓެމްބަރު ކަމުގައި ނިންމާފައިވާ" ކަމަށެވެ. ރުޤުޔާ ކޯސް އިންތިޒާމް ކުރާ ފަރާތުން އިތުރަށް ހާމަކުރި ގޮތުގައި "މިގޮތަށް ތާރީހު ބަދަލުކުރަން ޖެހުނީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނމުގެ ގޮތުން" ކަމަށެވެ.

ދެޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ބާއްވާ މިކޯހުގައި މަދުވެގެން  5 ޝެއިޚުން ލެކްޗަރަރއިން ގޮތުގައި ކިޔަވައިދެއްވާނެއެވެ. އެއީ އައްޝެއިޚް މުޙަންމަދު ލަޠީފު، އައްޝެއިޚް އިޔާޟް ޢަބްދުއްލަޠީފު، އައްޝެއިޚް ހުސައިން ޢަބްދުﷲ ސަޢީދު، އައްޝެއިޚް އިލްޔާސް ޖަމާލު އަދި އައްޝެއިޚް މުޙަންމަދު ޠައްޔިބު ޢަބްދުލްޙަކީމެވެ. އަދި އަމަލީގޮތުން ތަމްރީން ދެއްވާނީ ރުޤްޔާ ކުރުމުގައި ތަޖުރިބާކާރު ރާޤީން ކަމަށްވާ އައްރާޤީ އަޖްނާދު ޢަލީ، އައްރާޤީ މުޙަންމަދު މަޒީދު، އައްރާޤީ އަޙްމަދު ފައިސަލް، އަދި އައްރާޤީ އަޙްމަދު ޞަބާހްއެވެ.

މިކޯހުގެ މީޑިއާޕާރޓްނަރަކީ ދިއިސްލާމްއެވެ، އަދި އޮންލައިން ޕާރޓްނަރަކީ މައިތިރި ޑޮޓްކޮމްއެވެ.

ކޯހުގެ ފީއަކީ އެންމެ 700 ރުފިޔާއެވެ. އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ދިއިސްލާމް އޮފީސް އަދި މާސްޓާރ ބުކްޝޮޕް (ނީލޯފަރު މަގު) އިންނެވެ. ކޯހުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ޝަރުޠުތަކަކީ، މުސްލިމެއް ކަމުގައި ވުމާއި، ބަލައިގެން ޤުރުއާން ކިޔަވަން އެނގޭ މީހެއްކަމުގައި ވުމާއި، އިސްލާމީ މިންގަނޑުން އައުރަ ނިވާކޮށްފައި ހުރުމެވެ.

މިކޯހާއިބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅޭނެ ނަންބަރަކީ 7567992އެވެ.

ކޯހުގެ އެޕްލިކޭޝަން ފޯރމް ޑައުންލޯޑްކުރައްވާ !

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.