ރާއްޖޭގެ ޚަބަރު ޝޭހު ހުސެއިން ރަޝީދު ތަރުޖަމާ ކުރައްވާފައިވާ ހަދީސް ފޮތެއް ނަޝީދު ނެރެދެއްވައިފި

ޝޭހު ހުސެއިން ރަޝީދު ތަރުޖަމާ ކުރައްވާފައިވާ ހަދީސް ފޮތެއް ނަޝީދު ނެރެދެއްވައިފި

ޝޭހު ހުސެއިން ރަޝީދު ތަރުޖަމާ ކުރައްވާފައިވާ ހަދީސް ފޮތެއް ނަޝީދު ނެރެދެއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ޝެއިޚު ހުސެން ރަޝީދު އަހުމަދުގެ ފޮތެއް  މުހައްމަދު ނަޝީދު ސެޕްޓެމްބަރު 14، 2012 ވަނަ ދުވަހުގެ ރޭ ނެރެދެއްވުން ފޮޓޯ: އަސްވާގު

 

ކުރީގެ ސްޓޭޓް މިނިސްޓަރު ޝޭހު ހުސެއިން ރަޝީދު އަހުމަދު ތަރުޖަމާ ކުރައްވާފައިވާ ހަދީސް ފޮތް "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް"  މުހައްމަދު ނަޝީދު މިރޭ އިފްތިތާހު ކޮށްދެއްވައިފި އެވެ.

މި ފޮތް އިފްތިތާހުކުރުމަށް ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މީހުން ދައްކާ ވާހަކަ ގަބޫލްނުކޮށް ދިރިއުޅުން ބައްޓަން ކުރެވޭނީ އިލްމީ ދިރާސާތަކުގެ މައްޗަށް ކަމަށެވެ. "އަޅުގަނޑުމެންނަށް އެނބަ އެނގޭ ބައެއް ބޭފުޅުން އެކިއެކި ބޭނުމުގައި ފަލްސަފާ އާއި ލިއުންތައް ދޭހަ ކުރައްވާކަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ސީދާ ގޮތުގައި މިފޮތްތައް މައުލޫމާތު ސާފުވީމަ އެބަ ފީހޮވޭ. އެބަ އަޅުގަނޑުމެންނަށް އެނގިގެންދޭ މި ދިވެހި ރާއްޖޭގެ ހެޔޮލަފާ ޝޭހުންނަކީ ކޮބައިކަން،" ނަޝީދު ވިދާޅުވި އެވެ.

ޝޭހު ހުސެއިން ރަޝީދު ވިދާޅުވީ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް" އެކުލަވާލާފައި ވަނީ އިމާމު މުސްލިމްގެ ޞަޙީޙް މުސްލިމް އަސްލަކަށް ބަލައިގެން ކަމަށެވެ. ނަމަވެސް މިފޮތުގައި އެ ހަދީސްތައް އެހެން އިލްމްވެރިން މާނަ ކުރައްވާފައިވާ ގޮތް ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ފޮތުގައި އެކުލަވާލުމުގައި އިމާމު މުސްލިމްގެ އިތުރުން ހަދީސްތައް ރިވާކޮށްފައިވާ އެހެން އިލްމެވެރިންނާ ބެހޭ ހުލާސާ ވަނަވަރެއް ވެސް މިފޮތުގައި ހިމެނޭނެ ކަމަށް ޝޭހު ހުސައިން ވިދާޅުވިއެވެ.

"ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް" އިއްޔެ ނެރެގެން ދިޔަ އިރު ޞަޙީޙް މުސްލިމްގައި އެކިކަންކަމާ ގުޅޭ 7000 ހަދީސް އެކުލެވޭގޮތަށް ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސް ޝައިޚް އަހުމަދު ފާރޫގު މުހަންމަދު ވެސް ވަނީ ފޮތެއް ނެރެފައިއެވެ.

ރޭ ބޭއްވި ޖަލްސާގައި ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ ފޮތް ވަނީ ގައުމީ ކުތުބުހާނާ އަށާއި ގައުމީ ޔުނިވާސިޓީގެ އިތުރުން ބައެއް ކޮލެޖްތަކަށް ވެސް ހަދިޔާ ކޮށްފަ އެވެ. މި ފޮތް 150ރ. އަށް ޖަލްސާގައި ބައިވެރިވި ފަރާތްތަކަށް އެތަނުން ގަނެވޭ ގޮތަށް ވަނީ ބަހައްޓާފަ އެވެ.

ފޮޓޯ ގެލަރީ: ޞަޙީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަޙަ ފޮތް ނެރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.