ދިވެހި ރާއްޖޭގެ ޝަރުޢީ ކޯޓްތަކުގެ ނަންތައް އިނގިރޭސި ނަންނަމަށް ބަދަކޮށްފިއެވެ.
މިކޯޓްތަކުގެ ނަންނަން އިނގިރޭސި ނަންނަމަށް ބަދަލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޝަރުޢީ ކޯޓްތަކާއިބެހޭ ޤާނޫނުގެ ދަށުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައިސްލުޖުމުހޫރިއްޔާ ތަސްދީޤުކޮށްދެއްވި ކޯޓްތަކުގެ ޤާނޫނުގެ ދަށުން ނަންބަދަލުކޮށްފައިވަނީ 4 ކޯޓެކެވެ. އެއީ ޖިނާޢީ ކޯޓްގެ ނަން ކުރިމިނަލް ކޯޓަށެވެ. އާއިލާއާއި ބެހޭ ކޯތްގެ ނަން ފެމިލީ ކޯޓަށެވެ. މަދަނީ ކޯޓްގެ ނަން ސިވިލް ކޯޓަށެވެ. އަދި ކުޑަ ކުދިންނާއި ބެހޭ ކޯތްގެ ނަން ޖުވެނައިލް ކޯޓަށެވެ.
ރައިސްލްޖުމުހޫރިއްޔާވަނީ އިސްލާމީ ޝަރީޢަތުގައި ހިމެނޭ އުޞޫލުތައް ދޫކޮށްލުމަށްފަހު، ކޯޓްތަކުގެ ޤާނޫނޫ ހިމެނޭ ބިލް ތަސްދީޤުކުރައްވާފައެވެ. އަދި މިޤާނޫނުގެ ދަށުން ކޯޓްތަކުގެ ނަންވަނީ ބަދަލުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...