ރާއްޖޭގެ ޚަބަރު މީގެ ކުރިން ބަންދުކޮށްފައިވާ ހަށި ވިއްކާ ތަނެއް އަނެއްކާވެސް ފުލުހުން ބަންދުކޮށްފި

މީގެ ކުރިން ބަންދުކޮށްފައިވާ ހަށި ވިއްކާ ތަނެއް އަނެއްކާވެސް ފުލުހުން ބަންދުކޮށްފި

މީގެ ކުރިން ބަންދުކޮށްފައިވާ ހަށި ވިއްކާ ތަނެއް އަނެއްކާވެސް ފުލުހުން ބަންދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހ. ފިލެޑެލްފިޔާގައި ސޮންޑޯ ބޮން ބިއުޓީ ކެއާ އެންޑް ސެލޫންގެ ނަމުގައި ހިންގަމުން އައި ހަށި ވިއްކާތަނުން މީހަކު ހައްޔަރު ކުރަނީ | ފޮޓޯ: ސަން

މީގެ ކުރިން ބަންދުކޮށްފައިވާ ހަށި ވިއްކާ ތަނެއް އަނެއްކާވެސް ފުލުހުން ބަންދުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި ފައިސާއަށް ހަށި ވިއްކަމުންދިޔަ ތަނެއް ރެއިޑްކޮށް ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ "ސޮންޑަރ ބޯރން ބިއުޓީ ކެއަރ ސެލޫން"އަކީ މިއަހަރުގެ މެއި 02 ވަނަ ދުވަހުވެސް ފުލުހުން ރެއިޑްކޮށް އެތަނުގެ ތެރޭގައި ބަދުއަޚްލާޤީ ޢަމަލު ހިންގަމުން ދަނިކޮށް ބަންދުކޮށްފައިވާތަނެއްކަމަށެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފައިސާއަށް ހަށި ވިއްކަމުންދިޔަ ތަނެއް ރެއިޑްކޮށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 21 އަހަރާއި 24 އަހަރާއި 36 އަހަރުގެ ތައިލެންޑް 3 އަންހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

ހ. ފިލެޑެލްފިޔާ ގޭގައި ހިންގަމުންދިޔަ މިތަން ބަންދުކޮށްފައިވާއިރު އެތަނުގައި ވެރި ފަރާތްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އެމީހަކީ 65 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެސެލޫން ތެރެ ބަލައިފާސްކުރިކުރުމުން 68000 ވުރެ ގިނަ ދިވެހި ރުފިޔާއާއި 200 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ހަށި ވިއްކާ ތަންތަން ބަންދުކުރަމުންދާއިރު ހަމަ އެފަރާތްތަށް އެފަދަ ތަންތަން ހުޅުވަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.