ރާއްޖޭގެ ޚަބަރު ޝައިޚް އިލްޔާސްގެ ދަރުސަކީ މިހާތަނަށް އޭދަފުށީގައި ބޭއްވުނު އެންމެ ކާމިޔާބު ދަރުސް: ދަ ބިގިނާސް

ޝައިޚް އިލްޔާސްގެ ދަރުސަކީ މިހާތަނަށް އޭދަފުށީގައި ބޭއްވުނު އެންމެ ކާމިޔާބު ދަރުސް: ދަ ބިގިނާސް

ޝައިޚް އިލްޔާސްގެ ދަރުސަކީ މިހާތަނަށް އޭދަފުށީގައި ބޭއްވުނު އެންމެ ކާމިޔާބު ދަރުސް: ދަ ބިގިނާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިޚް އިލްޔާސް ފުރުޤާން މިސްކިތުގައި ދަރުސް ދެއްވަނީ – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

މިދިޔަ ހުކުރު ދުވަހުގެ ރޭ މާޅޮސްމަޑުލް ދެކުނުބުރީ އޭދަފުށީގައި ބޭއްވި ޝައީޚް އިލްޔާސް ޙުސައިންގެ ދަރުސަކީ އޭދަފުށީގެ ތާރީޚްގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ދަރުސްކމަށް އޭދަފުށީ ދަ ބިގިނާސް ޖަމްޢިއްޔާއިން ބުނެފިއެވެ.

'ޤިޔާމަތް ދުވަސް' މިމަޢުލޫއަށް އޭދަފުށީ ސްޓޭޖު ސަރަހައްދުގައި ބޭއްވި ދަރުސައް އޭދަފުށީގެ ގިނަ ޢަދަދެއްގެ ބަޔަކު ޙާޟިރު ވެފައިވާކަމަށް ދަ ބިގްނާސްގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެމުން ބުންޏެވެ. އޮފިޝަލް ބުނީ ދަރުސައް ތަން ތައްޔާރު ކުރިއިރު ޖަހާފައިވާ ގޮނޑިތައް ފުރިގެން ދަރުސް ފެށިތާ 10 މިނެޓް ފަހުން 2 ޕިކަޕް ގޮޑި އިތުރަށް ގެނެސް ސްޓޭޖު އެސަރަހައްދު ގައި ޖަހާފައިވާ ކަމަށާއި އެގޮޑިތައް ގެނެސް ގިނަ ބަޔަކު ކޮޅަށް ތިބެގެންވެސް ދަރުސް އަޑު އަހާފައިވާކަމަށެވެ.

ދަ ބިގިނާސްގެ އޮފިޝަލް ބުނީ ޙައްޖު މޫސުމަށްފަހު އޭދަފުށީގައި އަލްއުސްތާޛާ އަނާރާ ނަޢީމުގެ ދަރުސެއް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.