ރާއްޖޭގެ ޚަބަރު އީރާންގެ އަސްކަރިއްޔާއިން ބާއްވާ ޤުރުއާން މުބާރާތެއްގައި ދިވެހި ސިފައިންގެ ދެ ބޭފުޅަކު ބައިވެރިވެލައްވަނީ

އީރާންގެ އަސްކަރިއްޔާއިން ބާއްވާ ޤުރުއާން މުބާރާތެއްގައި ދިވެހި ސިފައިންގެ ދެ ބޭފުޅަކު ބައިވެރިވެލައްވަނީ

އީރާންގެ އަސްކަރިއްޔާއިން ބާއްވާ ޤުރުއާން މުބާރާތެއްގައި ދިވެހި ސިފައިންގެ ދެ ބޭފުޅަކު ބައިވެރިވެލައްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީރާންގެ އަސްކަރިއްޔާ އިން ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ ދިވެހި ސިފައިންގެ ދެ ބޭފުޅުން ކަމަށްވާ އަބްދުލް މަޖީދް (ކ) އާއި ނާއިދު (ވ) - ފޮޓޯ: އެމްއެންޑީއެފް

އީރާންގެ އަސްކަރިއްޔާއިން ބާއްވާ ޤުރުއާން މުބާރާތެއްގައި ދިވެހި ސިފައިންގެ ދެ ބޭފުޅަކު ބައިވެރިވެލެއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މި ޤުރުއާން މުބާރާތަކީ އިސްލާމީ ޤައުމުތަކުގެ އަސްކަރިއްޔާތަކާއި ގުޅުން ބަދަހިކުރުމުގެ ގޮތުން އިރާންގެ އާމަޑް ފޯސަސްގެ ފަރާތުން އީރާންގެ ވެރިރަށް ތެހެރާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވެލެއްވުމަށް ހަމަޖެހިފައިވަނީ ލެފްޓިނަންޓް އަބްދުލްމަޖީދު އިބްރާހީމް އާއި ކޯޕްރަލް އަޙުމަދު ނާއިދު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ދިވެހި އަސްކަރިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި، މިމުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ 30 ފޮތް ހިތުން ކިޔެވުމުގެ ބަޔާއި 15 ފޮތް ހިތުން ކިޔެވުމުގެ ބަޔާއި 05 ފޮތް ހިތުން ކިޔެވުމުގެ ބައިގެ އިތުރުން ޤިރާއަތު އަދި ޤުރުއާނާބެހޭ ރިސާރޗް ހެދުމުގެ ބައެވެ. މިއިން ކޮންމެ ކެޓަގަރީއެއްގައި ވެސް އެއް ބޭފުޅަކު ބައިވެރިކުރުމަށް އެމްއެންޑީއެފް އަށް ފުރުޞަތު ލިބިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެގޮތުން ޢަބްދުލްމަޖީދު ބައިވެރިވެލައްވާފައިވަނީ 15 ފޮތް ހިތުން ކިޔެވުމުގެ ކެޓަގަރީގަ އެވެ. ކޯޕްރަލް އަޙުމަދު ނާއިދު ބައިވެރިވެރިވެލެއްވުމަށް ހަމަޖެހިފައިވަނީ 05 ފޮތް ހިތުން ކިޔެވުމުގެ ކެޓަގަރީގަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.