ރާއްޖޭގެ ޚަބަރު އިޙްޔާ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތް ބޭރުގެ ވާޢިޡުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ޖަލްސާއެއް ބާއްވައިފި

އިޙްޔާ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތް ބޭރުގެ ވާޢިޡުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ޖަލްސާއެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފްރާހް

1431 ވަނަ އަހަރުގެ އިޙްޔާ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަތް ބޭރުގެ ބޭފުޅުން ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ 9 ޖެހިއިރު އިސްލާމީ މަރުކަޒުގެ މީޓިންގ ރޫމްގައި ބޭއްވި މިޖަލްސާގައި ޖަމްޢިއްޔަތުއް ދަޢުވަތުލް އިސްލާމިއްޔާގެ މަންދޫބު ޢަބްދުލްބާސިޠު މުޙައްމަދު އަލް ބަޣުދާދީއާއި، އަޒްހަރު މިޝަންގެރައީސް އަލްއުސްތާޛު ޢަބްދުލްބާސިޠު ބައިވެރިވެވަޑައިގެންފައިވެއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލީބިޔާގެ މަންދޫބު ވިދާޅުވީ "މިސާލެއްނެތް ފަދަ ރީތި ޤައުމުގައި ދީނީ ޢިލްމު އިތުރަށް އަށަގެންނެވުމާއި، ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރު އާލާކޮށް އިތުރުކުރުން އެއީ މުހިންމުކަމެއް" ކަމެއް ކަމަށާއި "ރާއްޖޭގައި ޢަރަބި ތަޢުލީމު ޙާޞިލްކޮށްފައިވާ އެބަހުން ވާހަކަ ދައްކާ ބަޔަކު އުފެދިފައިވުމީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކޮށް ޝުކުރުކުރާ ކަމެއްކަމަށް" އެބޭފުޅާ ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން އަޒްހަރު މިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުލްބާސިޠުގެ ވާހަކަފުޅުގައި "އެންމެ ހެޔޮކަންބޮޑުވެގެންވާ ޢިލްމަކީ ދީނީ ޢިލްމުކަމަށާއި ނަބިއްޔުންގެ ފަރާތުން ވާރުތަވާ އެއްޗެއްކަމަށާއި ދަޢުވަތުގެ މައިދާނުގައި ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކު ޖެހުނުކަމުގައި ވިޔަސް ކުރިއަށް ދިއުމަށް ތައްޔާރަށް ތިބިކަމަށް" ވިދާޅުވެފައިވެއެވެ.

މިޖަލްސާގެ ޝަރަފްވެރި މެހެމާނަކީ އިސްލާމިކް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ސްޓޭޓް މިނިސްޓަރ ވަނީ "އިޙްޔާ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ދެއްވި އެހީތެރިކަން ފާހަގަކުރައްވައި އެކަމުގެ އަގުވަޒަން ކުރައްވާ"ކަމަށެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.