ރާއްޖޭގެ ޚަބަރު އިހްޔާ ޕްރޮގާމް ކޮންމެ މަހަކު އެއްފަހަރު ބާއްވަނީ

އިހްޔާ ޕްރޮގާމް ކޮންމެ މަހަކު އެއްފަހަރު ބާއްވަނީ

އިހްޔާ ޕްރޮގާމް ކޮންމެ މަހަކު އެއްފަހަރު ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން އިސްލާމިކް މިނިސްޓްރީއިން އޯގަސްޓް 2، 2012 ގައި ބޭއްވި ޖަލްސާ - ދިއިސްލާމް ފޮޓޯ - އިބްރާހިމް އަސްވާގު

ހަމަ އެކަނި ރޯދަ މަހު އިސްލާމިކް މިނިސްޓްރީން ބާއްވަމުން ގެންދިޔަ އިހްޔާ ކުރުމުގެ ޕޮރްގުރާމްތައް އަންނަ މަހުން ފެށިގެން އާދަކޮށް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އަލަށް މި ފަށާ އިހްޔާ ޕޮރްގުރާމްގައި ދީނީ އިލްމްވެރިންގެ ވާހަކަފުޅު ދެއްކުމުގެ އިތުރުން ދީނީ އިލްމްވެރިނާއި ސުވާލު ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލުމަށް ވަނީ ހަމަޖައްސާފަ އެވެ. މިނިސްޓްރީގެ މުޝްރިފް މޫސާއިދު މޫސާ އަންވަރު ހަސަން ހާމަކޮށްފައިވާ ގޮތުގައި "އިސްލާމް ދީނާއިމެދު އާންމުންގެ ހިތްތަކުގައި ލޯބި އުފައްދާއި ދީނީ ކަންތައް އާލާކޮށް ދިރުވުމުގެ ބޭނުމުގައި އަންނަ މަހުން ފެށިގެން އިހްޔާ ޕޮރްގުރާމް އާދަކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ"ކަމަށެވެ. އަދި ވިދާޅުވީ "ޕޮރްގުރާމްތައް ބާއްވަނީ މަހަކު އެއްފަހަރު"ކަމަށެވެ.

މި އިހްޔާ ޕްރޮގްރާމްތައް މަހަކު އެއްފަހަރު ބާއްވަން ނިންމާފައި ވާއިރު ފުރަތަމަ ޖަލްސާ މި މަހުގެ ފަހުކޮޅުގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރޯދަ މަހެކޭ އެއްއްގޮތައް އެ ޖަލްސާތައް ވެސް ޓީވީއެމް އިން ވަގުތުން ފޮނުވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.