ރާއްޖޭގެ ޚަބަރު އައްޑޫ ސިޓީގައި ޙައްޖު ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފި

އައްޑޫ ސިޓީގައި ޙައްޖު ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފި

އައްޑޫ ސިޓީގައި ޙައްޖު ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އައްޑޫ ސިޓީގައި ބާއްވާ ޙައްޖު ފޯރަމްގެ ޕޯސްޓަރެއް

ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މި އަހަރު އައްޑޫ ސިޓީން ދަތުރުކުރާ މީހުންނަށް ޚާއްޞަކޮށްގެން ޙައްޖު ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

"ޙައްޖު ފޯރަމް 1433"ގެ ނަމުގައި ބާއްވާ މި ފޯރަމް އިންތިޒާމްކުރަނީ ހިތަދޫ ނޫރުލްއިސްލާމް ޖަމްޢިއްޔާ އާއި މަރަދޫފޭދޫ ޖަމްޢިއްޔަތުލް މުވައްހިދީން ގުޅިގެންނެވެ.

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ރައީސް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވި ގޮތުގައި މި ފޯރަމްގެ މަޤްޞަދަކީ މި އަހަރު ޙައްޖަށްދާ ފަރާތްތަކަށް ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުންނާއި އެ ދަތުރަށް ތައްޔާރުވުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމެވެ.
އަދި މިއީ އައްޑޫގައި އަލަށް ފަށާ ޕްރޮގްރާމަކަށްވާތީ، ވީހާ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ޝައިޚް އަނީލް ވިދާޅުވި އެވެ.
ފޯރަމް ބޭއްވުމަށް ރާވާފައި ވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހިތަދޫގަ އެވެ.
ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކަށް ވެސް އާއްމުކޮށް މިހާރު ވަނީ ސެޕްޓެމްބަރު 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ.

ފޯރަމްގައި ބައިވެރިވެވޭނީ ނަން ނޯޓްކުރާ ފަރާތްތައް އެކަނި ކަމަށް ނޫރުލްއިސްލާމްއިން ހާމަކުރެ އެވެ.

ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ހަމަޖައްސާފައިވާ ފޯރަމްގައި މަޢުލޫމާތު ދެއްވާނީ ޝައިޚް އަނީލްގެ އިތުރުން ޝައިޚް މުހައްމަދު އަފީފާއި ޝައިޚް ޢަބްދުﷲ ޞިއްދީޤް އެވެ. މި ޝައިޚުންނަކީ މަދީނާ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވަމުންދިޔަ ދުވަސްވަރު ޙައްޖުގެ ކަންކަމުގައި މައްކާގައި ހަރަކާތްތެރިވެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނެވެ.

އައްޑޫގައި ކޮންމެ އަހަރަކު ވެސް "ހައްޖު ފޯރަމް" ބާއްވަން ވިސްނާފައިވާ ކަމަށް ވެސް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން ހާމަކުރެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.