ރާއްޖޭގެ ޚަބަރު ޢަރަބިއްޔާ ބެލެނިވެރިންގެ ޝަކުވާ ރިޕޯޓް އާންމުކޮށްފި

ޢަރަބިއްޔާ ބެލެނިވެރިންގެ ޝަކުވާ ރިޕޯޓް އާންމުކޮށްފި

ޢަރަބިއްޔާ ބެލެނިވެރިންގެ ޝަކުވާ ރިޕޯޓް އާންމުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

127 ވުރެ ގިނަ ޖަމްޢިއްޔާ ޖަމާޢަތްތައް ތަމްސީލުކުރަމުންދާ މަދަނީ އިއްތިހާދުގެ ފަރާތުން އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ބެލެނިވެރިންގެ ޝަކުވާ ބަލައިގަތުމަށް މިމަހު 12 ވަނަ ދުވަހު ބެހެއްޓި މޭޒައް ލިބުނު ޝަކުވާ ރިޕޯޓް ޢާއްމުކޮށްފިއެވެ.

16 ނުކުތާގެ މައްޗަށް ހިމެނޭ މިޝަކުވާ ރިޕޯޓްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާއި، އަރަބިއްޔާގެ ކިޔެވުން މަނދު ކޮލެޖުގެ އިމާރާތައް ބަދަލުކުރުމުން އެއިމާރާތުގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކުން ދަރިވަރުންނަށް ނަފުސާނީ ގޮތުން އަސަރުކުރަމުންދާ ކަމަށް އެރިޕޯޓގައި ފާހަނގަކުރައްވާފައިވެއެވެ.

މަދަނީ އިއްތިހާދުންވަނީ މިރިޕޯޓް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި، މީޑިޔާތަކަށް ފޮނުވާފައެވެ.

މިރިޕޯޓްގައި، ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ ތެރޭގައި، ޢަރަބިއްޔާ ކިޔެވުން ކުރިއަށްގެންދާ މަންދު ކޮލެޖުގައި އެކޮލެޖުގެ ވެރިޔާ އިބުރާހިމް އިސްމާއިލް (އިބުރާ) އެއިމާރާތުގައި ދުންފަތުގެ އިސްތިޢުމާލުކުރަމުންދާތީވެ، ތުއްތު ކުދިންނާއި، ސުކޫލުގެ އެހެން ދަރިވަރުންނަށް ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ނޭދެވޭ އަސަރުކުރަމުންދާކަމަށް އެރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

އަދި މޫނު ބުރުގާ އަޅައިގެން ބެލެނިވެރިން އިމާރާތައް ނުވަނުމަށް އިބުރާހިމް އިސްމާއިލް (އިބުރާ) އަންގާފައިވާކަމަށާއި، އަދި ޑިމޮކުރަސީއާއި އިންސާނީ ޙައްޤުތަކާއި ހިލާފަށް ބެލެނިވެރިން ތަފާތުކޮށް ތަފާތު ދުއްތުރާތައް ކުރަމުންދާކަމަށް ޢަރަބިއްޔާގެ ބެލެނިވެރިންނާއި ހަވާލާދީ މަދަނީ އިއްތިހާދުން ހާމަކުރައްވައެވެ. މިހާރު މިމައްސަލަތައް ހިޔުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް މަދަނީ އިއްތިހާދުން ހާމަކުރައްވައެވެ.

ޢަރބިއްޔާއާއި މެދު މިހާ ދޯދިޔާކޮށް ސަރުކާރުން ކަންތައް ކުރަމުންދާއިރު، އެޑިޔުކޭޝަން މިނިސްޓްރީއިންވަނީ ޢަރބިއްޔާ މައްސަލައިގައި އަޅާލުމެއްނެތި ބޮޑު ޚަރަދުގައި މީޑިޔާތަކުން ވަގުތުގަނެ ޑރ. މުސްޠަފާ ލުޠުފީ ހިމާޔަތް ކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން ދަނީ މަސައްކަތްކުރަމުންނެވެ.

ޓެގް

ތައުލީމް ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.