ބަދަލުހިފުމެއްގެ ގޮތުން ކުރީގެ ފުލުހެއްކަމުގައިވާ ސައިމަން ޕާކްސް އިނގިރޭސިވިލާތުގެ ޗެލްޓްނަހަމްގެ މިސްކިތަކަށް އޫރެއްގެ ބޯލައި އެމިސްކިތުގެ ޙުރުމަތް ކަނޑައިފިއެވެ.
ހައިސްޓްރީޓްގައި ހުންނަ މަސްޖިދުލް ފަލާހް ކިޔުނު މި މިސްކިތުގެ ފާރުގައި މުސްލިމުންނަށް މަލާމާތްކޮށް ހަޑިހުތުރު ބަހުން ސްޕޭރޭކޮށްފައިވެސް ވެއެވެ. 45 އަހަރުގެ ސައިމަން މި ޢަމަލު ހިންގާފައިވަނީ މާސްކެއް އަޅައިގެން ކާކުކަން ނޭނގޭ ގޮތަށް ހުރެއެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ މިކަންތައް ކުރީ މުސްލިމުންގެ ތެރެއިން ހައްދުފަހަނައަޅައިފައިވާ ބަޔަކު އާދީއްތަ ދުވަހު ކޮންމެވެސްކަމެއްގެ ހަނދާނުގައި ޕޮޕީސްތައް އެންދުމުން އެކަމާއި ރުޅިއައިސްގެންކަމަށެވެ.
އޭނާ ދީނީ ގޮތުން ބަޔަކަށް ގެއްލުންތަކެއް ދީފައިވާކަމަށާއި އަދި ދީނީގޮތުން ބަޔަކު މީހުންނާއި ބެހިފައިވާކަމަށް ޗެލްޓްނެހަމްގެ ކޯޓަށް ހާޒިރުކުރުމުން ފަނޑިޔާރުންގެ ކުރިމަތީގައި ޕާކްސް އެއްބަސްވެފައިވެއެވެ. އޭނާމިޖަރީމާ ހިންގާފައިވަނީ 13 ނޮވެމްބަރ 2010 ގައެވެ.
ސީސީޓީވީ ދައްކާގޮތުގައި ކުއްޔައް ހޯދާފައިވާ ކާރެއް ގްރެންވީލް ސްޓީޓްގައި ޕާކްކުރުމަށްފަހު ހިނގާފައި އޫރުގެ ބޮލާއި ސްޕޭރޭ ފުޅި ހިފައިގެން ޕާކްސް މިސްކިތާއި ދިމާލަށް ދާކަމަށްވެއެވެ.
" އޭނާ ބޮޑު އޫރު ބޮލެއްގައި ﷲ ލިޔެގެންގޮސްމމިސްކިތުގެ ގޭޓްގައި އޭތި ހަރުކުރި." މިމައްސަލައިގެ ޕްރޮސެކިޔުޓަރ ޝެރޯން ޖޮމާލް ހާމަކުރިއެވެ. އަދި މިސްކިތުގެ ކުރިމައްޗަށް ވާގޮތަށް ރަތް ކުލައިގެ ސްޕޭރޭއިން މުސްލިމުންނަށް ނިސްބަތްވާގޮތަށް ހަޑިހުތުރު އެއްޗެހި ލިޔުނުކަމަށްވެސް ޝެރޯން މަޢްލޫމާތުދިނެވެ.
ޕާކްސްވަނީ އޭނާ އެތަނުގައި ނަގާފައިވާ ފޮޓޯއެއްވެސް ފަހުން ފޭސްބުކްގައި ޕޯސްޓްކޮށްފައެވެ. މެޖިސްޓްރޭޓުންވަނީ މިމައްސަލަ ކްރައުން ކޯޓުގައި އޯގަސްޓް 30 ވަނަ ދުވަހު ބެލުމަށް ހަމަޖައްސާފައެވެ. މިހާރު އޭނާވަނީ ވަގުތީ ގޮތުން ދޫކޮށްލެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...