ރާއްޖޭގެ ސްކޫލް މަދުރަސާތަކުގައި އުޅޭ ޔުނިފޯމްކްލާސްތަކުގެ ދަރިވަރުންގެ ތެރެއިން އުމުރުން 15 އަހަރުން މަތީގެ ދަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭގޮތަށް ޤަވާއިދު އިޞްލާޙުކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް ވާނީ ހުށައަޅައިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފިއެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމްގަ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޙް މުޙައްމަދު ދީދީ ޒުވާނަކު ކުރި ސުވާލު ޖަވާބު ދެއްވަމުން ވިދާޅުވީ ހުރިހައި ދަރިވަރުންގެ ޔުނިފޯމް އިސްލާމީ ހަމަތަކާއެއްގޮތް ކުރަންވެސް އެޑިޔުކޭޝަން މިނިސްޓްރީގައި ވާނީ އެދިވަޑައިގެންފައި ކަމަށެވެ. އަދި ޤަވައިދަށް އިސްލާޙް ގެނެސް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައެޅުމަށް ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިންގެ އިއްތިފާގުން ފާސްވެފަވާކަމަށެވެ.
މިބައްދަލު ވުމުގައި ސްކޫލްތަކުގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ. ކޮންމެ ސްކޫލަކުންވެސް ގަބޫލުކުރާ މިންގަނޑެއްގެ މަތިން ތުނބުޅި ބަހައްތަން ހުއްދަކުރަން ކަމަށާއި ސުންނަތުގައި ބަޔާންވެގެންވާ އުޞޫލުތަކާ ޚިލާފަށް އެއްވެސް ސްކޫލަކުން ޤަވާއިދު އެކުލަވައި ނުލައްވާނެކަމަށް ޤަބޫލު ކުރައްވަވާ ކަމަށް ވެސް އައްޝައިޙް މުޙައްމަދު ދީދީ ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ޝައިޚް ޝައިޚް ޝަހީމް ވިދާޅުވީ ﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގައި ހުރިހައި ކަމެއްވެސް ހަމަޖެހިގެންދާނީ އިސްލާމީ ހަތަކާ އެއްގޮތަށް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...