އދ ރިޕޯޓްގެ ގިނަ ކަންތައްތަކަކީ ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ބަލައި ނުގަނެވޭނެ ކަންތައްތައް ކަމުގައި ޕީޕީއެމްއިން އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަޖިލިސް މެމްބަރ އަހުމަދު މަހްލޫފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރިޕޯޓުގައި ރަނގަޅު ބައެއް ކަންތައްތައް ފާހަގަ ކޮށްފައި ހުއްޓަސް ގިނަ ކަންތައްތަކަކީ ދީނީ ގޮތުންނާއި ސިޔާސީ ގޮތުން ބަލައި ނުގަނެވޭނެ ކަންތައްތަކެއް ކަމަށެވެ. އަދި ވަރަށް ސީރިޔަސް އަދި ކަންބޮޑުވާ ރިޕޯޓެއްގެ ގޮތުގަ އެވެ. އަދި މަހްލޫފް ވިދާޅުވީ އެ ރިޕޯޓުގައި، ފިރިހެނުން އެއް ޖިންސުން ގުޅުން ހިންގުމަށް ހުއްދަ ދިނުމާއި ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާފައި އޮތުމުން އެކަން އޭނާ ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި މިއިން އެއްވެސް ކަމަކީ ރާއްޖޭގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މި ރިޕޯޓުގެ ސަބަބުން ރާއްޖޭގެ މަސްރަހު އިތުރަށް ގޯސްވެގެން ދާނެ" ކަމަށެވެ.
ދާދިފަހުން އދ އިން ނެރެފައިވާ ރިޕޯޓާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ރިޕޯޓު ނެރެފައިވަނީ އެމްޑީޕީގެ ޕްރެޝަރުތައް ކުރިމަތިވެގެންކަމަށެވެ. އަދި އެމްޑީޕީއާ ގުޅުން އޮންނަ ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ މިނިވަންކަމާއި ދީން ނައްތާލުމަށް އެ ޕާޓީން ބާރު އަޅާ ކަމަށްވެސް މަހުލޫފް ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ފަދަ ބޭފުޅުން އދ.ގައި ތިއްބަވައިގެން، މިފަދަ ރިޕޯޓުތައް ނެރުމަށް، ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ނުފޫޒު ފޯރުވާ" ކަމަށެވެ.
މަހްލޫފްގެ ވާހަކާގައި "މި ރިޕޯޓު ހުށަހެޅި ނަމަވެސް، ދީނީ އެއްވެސް ކަމަކަށް ބަދަލެއް ނުގެނެވޭނެ،" ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...