ދުނިޔެ ޕެރިސްގެ އީފެލް ޓަވަރުގައި ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ދިދަ ނަގައިފި

ޕެރިސްގެ އީފެލް ޓަވަރުގައި ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ދިދަ ނަގައިފި

ޕެރިސްގެ އީފެލް ޓަވަރުގައި ސީރިޔާގެ އިދިކޮޅު ފަރާތްތަކުގެ ދިދަ ނަގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފްރާންސްގެ ޕެރިސްގައި ހުންނަ އީފެލް ޓަވަރުގައި މަރާމާތުގެ މަސައްކަތަކަށް ނަގާފައިހުރި ބިނާއެއްގައި ސީރިޔާގެ އިދިކޮޅުފަރާތްތައް ރަމްޒްކޮށްދޭ ބޮޑު ދިދަ ނަގައިފިއެވެ.

ފްރާންސްގެ މަޝްހޫރު ނޫސް މަޖައްލާއެއްކަމުގައިވާ ލެނޫވެލް އޮބްސަރވޭޓަރ އިން ހާމަކުރާގޮތުގައި 7 މީޓަރާއި 30 މީޓަރުގެ ބޮޑު މިނުގައި ހުންނަ ފެއްސާއި ހުދާއި އަދި ކަޅުކުލައިގައި ހުންނަ މިދިދައިގައި ލޭހޭކިފައި ހުންނަގޮތަށް ކުލަޖައްސާފައިވެއެވެ. އަދި އެނޫހުން ބުނެފައިވާ ގޮތުގައި މިބޮޑު ދިދަ ނަގާފައިވަނީ "ފްރާންސް ސީރިޔާ ޑިމޮކްރަސީ" ޖަމާޢަތުންނެވެ.

ބޭރުގެ ޚަބަރުތަކުން މަޢުލޫމާތު ލިބިފައިވާގޮތުގައި ބައްޝާރުލް އަސަދުގެ އަނިޔާވެރި ސަރުކާރު ވައްޓާލުމަށް ބޭރުފަރާތްތަކުން ބައިވެރިވުމަށް މިޖަމާޢަތުން ދަނީ ކެމްޕެއިން ކުރަމުންނެވެ.

"ބައިނަލްއަޤްވާމީ މުޖްތަމަޢު މިކަމުގައި ހަމަހިމޭނުން އޮތުމުން ދޭހަވެގެންދަނީ، އެފަރާތްތަކުން ބައްޝާރަށް ރުހުންދީފައިވާކަމުގައި، މިހާރު މިއޮތީ ޢަމަލީގޮތުން މަސައްކަތްކުރުމުގެ ވަގުތުޖެހިފައި،" "ފްރާންސް ސީރިޔާ ޑިމޮކްރަސީ" ޖަމާޢަތުގެ ރައީސް އިސްމާޢިލް ހާޝިމް ހާމަކޮށްފައިވެއެވެ.

"ބައިނަލްއަޤްވާމީ މުޖްތަމަޢުން އެއްވެސް ފިޔަވަޅެއް ބައްޝާރާ ދެކޮޅަށް އަޅާފައި ނުވުމުން، އެތައް ހާސްބަޔަކުވަނީ އޭނާގެ ވަޒަންތަކުގެ އަމާޒަކަށްވެ މަރުވެފައި،" އޭނާ އިތުރަށް ބުނެފައިވެއެވެ.

ޓަވަރުގައި ދިދަ ނެގުމުގައި ޓަވަރަށް އެރުމުގައި ބައިވެރިވެފައިވާ ހާޝިމްއާއި އަދި "ފްރާންސް ސީރިޔާ ޑިމޮކްރަސީ" ޖަމާޢަތުގެ އެހެން މެމްބަރަކުވަނީ މިކަމާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. އަދި ފުލުހުންވަނީ އެސަރަހައްދުގައި އެއްވެފައި ތިބި މީހުން އެތަނުން ބޭރުކޮށްލާފައެވެ.

ސީރިޔާގެ އިދިކޮޅުފަރާތްތަކުން ބޭނުންކުރަމުންދާ ދިދަޔަކީ 1930 އާއި 1958 އަކާއި ދެމެދު ސީރިޔާގައި ބޭނުންކުރެވެމުން އައި އެޤައުމުގެ ޤައުމީ ދިދައެވެ. އަދި މިދިދަޔަކީ 1961 އަހަރާއި 1963 އަކާއި ދެމެދު ސީރިޔާގެ ޢަރަބް ރިޕަބްލިކްވެސް ރަމްޒުކޮށްދީފައިވާ ދިދައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.