ކައުންސިލްތަކުން މިސްކިތްތައް ބެލެހެއްޓުން އުނިކުރަން މަޖިލީހަށް އިސްލާހު ހުށައަޅައިފިއެވެ.
މިސްކިތްތައް ބެލެހެއްޓުމާއި ގަބުރުސްތާނާއި ކަށުކަމާކެމީގެ ކަންކަން ކައުންސިލްތަކުން ބަލަހައްޓާ ގޮތަށް އޮތްއޮތުން އުނިކުރަން ލާމަރުކާޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އެވެ. އެބޭފުޅާ މިއިސްލާހު ހުށައަޅުވަމުން ވިދާޅުވީ "އެގާނޫނަށް އިސްލާހެއް ހުށައަޅަން ޖެހުނީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފާހަގެ ކުރެވޭތީކަމަށެވެ. އަދި މިހާރު އުފެދިފައިވާ ކައުންސިލްތައް އެކިޕާޓީތަކަށް ނިސްބަތްވާ ގޮތަށް އުފެދިފައިވާތީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ދަތިތަކެއް ދިމާވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ ގޮތުން" ކަމަށެވެ.
މިސްކިތްތަކާ ބެހޭ ބައި ކައުންސިލްތަކުން ބަލަހައްޓަން އޮތްއޮތުން އުނިކުރުމަށް ހުށައަޅާފައިވާ އިސްލާހާއި މެދު މަޖިލިސް މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. ބައެއް ބޭފުޅުންގެ ވާހަކާއިގައި މިއިސްލާހަށް ތާއިދު ނުކުރާ ކަމަށާއި މިއިސްލާހާއި މެދު ދެވަނަ ވިސްނުމަކުން ވިސްނަން ޖެހޭކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...