ރާއްޖޭގެ ޚަބަރު "ﷲ ގެ ޙުކުމަކާއި ދެކޮޅުހަދައިފިނަމަ އެމީހަކު ކާފަރުވާނެ": ޝައިޚް ޢިޔާޟް

"ﷲ ގެ ޙުކުމަކާއި ދެކޮޅުހަދައިފިނަމަ އެމީހަކު ކާފަރުވާނެ": ޝައިޚް ޢިޔާޟް

"ﷲ ގެ ޙުކުމަކާއި ދެކޮޅުހަދައިފިނަމަ އެމީހަކު ކާފަރުވާނެ": ޝައިޚް ޢިޔާޟް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

"ﷲ ގެ ޙުކުމަކާއި ދެކޮޅުހަދައިފިނަމަ އެމީހަކު ކާފަރުވާނެ"ކަމަށް އައްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއިސްލާމް.ކޮމް ގެ ސުވާލާއި ޖަވާބު ސެޝަންގައި ކިޔުންތެރިއަކު ފޮނުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން އައްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ހާމަކުރެއްވިގޮތުގައި "ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙުކުމާއި ދެކޮޅުހަދައިފިނަމަ، ނުވަތަ އެޙުކުމާއި އިންކާރުކޮށްފިނަމަ، ނުވަތަ ﷲ ގެ ޙުކުމަށްވުރެ އެހެން ޙުކުމްތައް މޮޅު އިތުރުކަމުގައި ޤަބޫލުކޮށްފިނަމަ އެމީހަކު ކާފަރުވެ ދީނުން ބޭރުވާނެ." ކަމަށެވެ. ޝެއިޚް އިތުރަށް ވިދާޅުވީ "ﷲ ގެ ޙުކުމްފުޅު ތަކަށް ބޯލަނބައި ކިޔަމަން ގަތުމަކީ އަޅުތަކުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވެއެވެ. އެކަލާނގެ އީ ޙަކީމް ވަންތަ އިލާހެވެ. އެކަލާނގެ ކުރައްވާ ކަމަކާއި ބެހޭ ގޮތުން ސުވާލެއް ނުކުރެވޭނެއެވެ. ނަމަވެސް، އަޅުތަކުންގެ ޢަމަލުތަކުގެ މައްޗަށް އެބައިމީހުންނާއި ސުވާލު ކުރެވޭނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ޝަރްޢު ކުރައްވާނީ އަޅުތަކުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތަށެވެ. އެކަލާނގެއީ އެންމެ ޢަދްލުވެރި އިލާހެވެ. ﷲ ގެ ޙުކުމަށްވުރެ މޮޅު ރަގަޅު ޝަރީޢަތެއް، ޙުކުމެއް އެއްވެސް ފަރާތަކަށް ނުގެނެވޭނެ." ކަމަށެވެ.

ޝެއިޚްގެ މިފަތުވާގައި ފަޟީލަތުއް ޝައިޚް ބިން ބާޒް ރަޙިމަހުﷲ- ވިދާޅުވެފައިވާ ބަސްފުޅެއްވެސް ވަނީ ނަކަލު ކުރައްވާފައެވެ.

އައްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ފަތުވާ ނިންމާލައްވަމުން ހާމަކޮށްފައިވަނީ ވަލިއްޔުލް އަމްރިގެ މައްޗަށް ވާޖިބުވެގެންވަނީ މިފަދަ މީހުންނަށް ތައުބާލައިދިނުންކަމަށާއި ތައުބާ ނުވެއްޖެނަމަ އެމީހަކު މުރްތައްދުވެއްޖެ ކަމަށްބަލައި އެމީހަކު ގަތުލު ކުރަން ޖެހޭނެކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.