ދިއިސްލާމް ކުރީގެ ސްޓޭޓް މިނިސްޓަރު މާހިރު ހައްޔަރުކޮށްފި

ކުރީގެ ސްޓޭޓް މިނިސްޓަރު މާހިރު ހައްޔަރުކޮށްފި

ކުރީގެ ސްޓޭޓް މިނިސްޓަރު މާހިރު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެމްޑީޕީން ބޭއްވި މުޒާހަރާގައި ކުރީގެ ސްޓޭޓް މިނިސްޓަރު މާހިރު | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ރައީސް ނަޝީދުގެ ދައުރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަޤާމު ފުރުއްވި މުހައްމަދު މާހިރު އީސާ ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މާހިރު ހައްޔަރު ކުރަން ޖެހުނު ސަބަބާއި ބެހޭ ގޮތުން ފުލުހުން ބުނެފައިވަނީ މާހިރު ހައްޔަރުކުރީ އުސްފަސްގަނޑުގައި މިމަހުގެ 12 ވަނަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ސަލާމާތީ ޚިދުމަތް ދޭ ފަރާތްތަކަށް ޙަމަލާ ދިނުމަށާއި އަދި އެފަދަ ޢަމަލުތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ގޮވާލާފައިވާތީ ކަމަށެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސް ކޮންފަރެންސުގައި އެރޭ އުސް ފަސް ގަނޑުގައި ވާހަކަ ދައްކާފައިވާ ވީޑިއޯ ފުލުހުންވަނީ ނޫސް ވެރިންނަށް ދައްކާލާފައެވެ. މިވީޑިއޯގައި މާހިރު ވިދާޅުވެފައިވަނީ ތި ހެދެނީ ނުބައިކޮށްކަމަށާއި ތިބޭލެއް މާމަޑީ ކަމަށެވެ. އަދި އިސްލާމު ދީނުގައި އޮތީ ހުސްއަތާ ނުދިއުމަށް ކަމަށާއި އިސްލާމު ދީނުގައި އޮތީ ބަޣާވާތް ކުރި މީހުން އެންމެ ފަހު މީހާއާއި ޖެހެންދެން ތަޅާ ތިރި އަރުވާލުން ކަމަށެވެ.

މާހިރުގެ މިވީޑިއޯގައި ދީނީ ޢިލުމުވެރިންނަށްވެސް ފާޑު ކިޔައިފައިވެއެވެ. "އެމީހުންނަށް ކަނޑައެޅިގެން އެނގޭ މިތިބީ އިސްލާމްދީނާ ޚިލާފަށްކަން ދިވެހިރާއްޖޭގެ ގާނޫނާއި ގާނޫނުއަސާސީއާ ޚިލާފަށް ބަޣާވާތްކޮށްގެން ވެރިކަން ފޭރިގަނެގެން ކަން. އާދެ އަޅުގަނޑުމެންގެ ވެރިކަމެއް އެއީ. އެމްޑީޕީން މަސައްކަތް ކުރަނީ ރައްޔިތުންގެ ވެރިކަން ހޯދަން. އެހެންވީމާ މިކަން ހޯދުމަށްޓަކައި އަޅުގަނޑުމެން އެންމެފަހު މީހާއާ ޖެހެންދެން މަސައްކަތް ކުރާނަން" ދީނީ ޢިލުމުވެރިންށް ފާޑު ކިޔަމުން މާހިރު ވިދާޅުވެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.