
ފުލުހުންނަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު. | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު
މަރުގެ ޙުކުމް ތަންފީޒު ކުރާނީ މަތީ ކޯޓްތަކުން ނިންމަންޖެހޭ ނިންމުންތަކާއި އިސްތިއުނާފުގެ މަރުހަލާގެ މުއްދަތު ނިމުމުން ކަމަށް ދާޚިލީ ވަޒީރު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރ ޖަމީލު ވިދާޅުވީ ރާއްޖޭގެ ޤާނޫނުގެ ތެރެއަކު ތަންފީޒު ނުކުރެވޭނެ ޙުކުމެއް ނޫހުންނާނެ ކަމަށާއި އަދި އެކަމުގެ އިޙްތިޔާވެސް ވެސް ނޯންނާނެކަމަށެވެ.
"ރާއްޖޭގެ ޤާނޫނެއްގައި ވަކި ގޮތްތަކައް އަދަބު ކަނޑައެޅި ޙުކުމްތަކެއް އަތުވެއްޖެކަމުގައިވާނަމަ ހޯމް މިނިސްޓްރީގެ ހައިސިއްޔަތުން ވަކި އިޙްތިޔާރެއް ލިބިގެނެއް ނުވާނެ މިވެނި ޙުކުމެއް ތަންފީޒުކޮށްފައި އަނެއް ބައި ޙުކުމް ދޫކޮށްލާކަށް ކޮންމެ ޙުކުމަކީ ތަންފީޒު ކުރަނެޖެހޭނެ ޙުކުމެއް." ހޯމް މިނިސްޓަރ ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ މިފަހކަށްއައިސް މަރުގެ ޙުކުމާއި މެދު އެކި ގޮތްގޮތަށް ބަހުސް ކުރެވޭ ކަމަށާއި ނަމަވެސް މިއީ އިސްލާމީ ޝަރީޢަތުގައި އޮތް ޙުކުމް. އަދި ހަމަ ރާއްޖޭގެ ޤާނޫނު އަސާސީގައި އޮތް ޙުކުމް. މިޙުކުމް ތަންފީޒު ކުރަން ހަމަ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވޭ ނަމވެސް އެއާއެކީގައި ހަމައެކަނި ބަހުސެއްގެ ތެރޭގެ ދައްކައި މިހެން ދައްކާ ނިންމާލާ ވާހަކަތަކަށް ވުރެ ގިނަ ކންތައްތަކެއް އެބަހުރިކަމަށެވެ.
މިނިސްޓަރ އިތުރަށްވިދާޅުވީ މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ކުރިން ޤާނޫނީ ގޮތުން ހޯދަންޖެހޭ ހުރިހާ ރައްކާތެރިކަމެއް ހޯދުމަކީ އެއީ ކުރަންޖެހޭ ކަމެއްކަމަށާއި އެގޮތުން ތަންފީޒު ކުރާ މަރުޙަލާއަށް އަތުވެއްޖެ ކަމުގައިވާނަމަ ތަންފީޒު ކުރާނެ މަގަކީ ކޮބައިތޯ އެއީ ސާފުކޮށް ބަޔާން ކުރެވެންޖެހޭނެ ކަމެއް ކަމަށެވެ.
"އަމިއްލައަކަށް ނިންމަން ޖެހޭ ވަރުކަމެއް ކަމަކަށްވުރެ ބޮޑު ކަމެއް އެއީ އެކަން އެބަޖެހޭ ކަމާ ގުޅޭ ދާއިރާތަކުން ބައިވެރިވެގެން މިކަން ކުރެވޭނެ ގޮތްތަކެއް ކަނޑައަޅަން އެބަޖެހޭ" މިނިސްތަރ ޖަމީލު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...