ރާއްޖޭގެ ޚަބަރުދިއިސްލާމް

ފުލުހުން ރާއްޖެ ޓީވީއަށް އެއްބާރުލުން ދިނުން ހުއްޓާލައިފި

 

ފުލުހުން ރާއްޖެ ޓީވީއަށް އެއްބާރުލުން ދިނުން ހުއްޓާލައިފިއެވެ.

މިއަދުން ފެށިގެން ރާއްޖެޓީވީއަށް އެއްބާރުލުން ދިނުން ހުއްޓާލާފައި މިވަނީ ރާއްޖެ ޓީވީ އިން ތަކުރާރުކޮށް ފުލުހުންގެ މުޢައްސަސާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްޓަކައި ޚަބަރާއި މަޢުލޫމާތު ފޮނުވުމުގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާތީއާއި ގަސްތުގައި އެނގިތިބެ ދޮގު މަޢުލޫމާތު ފަތުރަމުންދާތީ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ފުލުހުންބުނީ ރާއްޖެ ޓީވީގެ ފަރާތުން ފުލުހުންގެ މުއައްސަސާއާއިމެދު ޙަޤީޤަތާއި ޚިލާފް ދޮގު ވާހަކަތައް ފަތުރަމުންދަނީ ވަކި ބަޔަކަށް ސިޔާސީ ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައިކަމަށާއި އަދި މިފަދަ އަމަލުތަކަކީ ނޫސްވެރިކަމުގެ ޕްރޮފެޝަނަލް ހަމަތަކާއި މިނިވަން ޑިމޮކްރަޓިކް ގައުމުތަކުގައި މިޑީޔާއިން އަމަލުކުރާ އުސޫލުތަކާވެސް ޚިލާފް ކަމެއްކަމުގައި ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ފުލުހުން ނިންމި އިރު ފުލުހަކު މީހެއްގެ ފޯނެއް ވަގަށް ނެގި ކަމަށް ބުނާ ވީޑިއޯއަކާއި ޕާކްކޮށްފައި ހުރި ސައިކަލަކުން ފުލުހުން ޕެޓްރޯލް ނަގާ ކަމަށް ބުނެ ވީޑިއޯތަކެއް ވަނީ ރާއްޖެ ޓީވީން ދައްކާފަ އެވެ.

ފުލުހުން ބުނީ ޕެޓްރޯލް ނެގި ކަމަށްބުނާ ވީޑިއޯއަކީ ފުލުހުންގެ ވާޖިބު އަދާ ކުރާ ވީޑިއޯއެއް ކަމަށާއި އެއީ ފުލުހުން ޕެޓްރޯލް ވަގަށް ނަގާ ވީޑިއޯއެއް ނޫން ކަމަށެވެ. ފަސް ލީޓަރުގެ އެ ޕެޓްރޯލް ހަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަލަދުންގޯޅީގައި ސައިކަލަކުން ޕެޓްރޯލް ވަގަށް ނެގުމަށް ހޮޅިއެއް ގުޅާފައި ހުއްޓައި މާލެތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންތަކަކަށް ފެނިގެން ކަމަށް ވެސް ބުންޏެވެ.

ރާއްޖެ ޓީވީއާއިމެދު ފުލުހުން ފިޔަވަޅު އަޅާފައިވާ އިރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ ދޮގު ޚަބަރު ފެތުރި މައްސަލައިގައި ރާއްޖެ ޓީވީން މާފަށް އެދުމަށާއި ބްރޯޑް ކާސްޓްކުރުމުގެ ޤާނޫނާ ޚިލާފު ކަމެއް ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ޓީވީ އަށް ދީފައެވެ.

 

ގުޅުންހުރި

2 ޚިޔާލު

  1. މިމީހުނަށް އިތުބާރު ކުރާނީވެސް މިމީހުންގެ ތެރެއިން ވާމީހެއް.

  2. މީއަޅެފަހެ ސަލީބެއްނޫންތަ!

Your email address will not be published. Required fields are marked *