ދިއިސްލާމް އީމާންކަމުގެ ޛައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކުވެސް ﷲ ގެ ޙުކުމްފުޅުތަކަށް އިޢުތިރާޟެއް ނުކުރާނެ: ޝައިޚް ޢަބްދުﷲ

އީމާންކަމުގެ ޛައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކުވެސް ﷲ ގެ ޙުކުމްފުޅުތަކަށް އިޢުތިރާޟެއް ނުކުރާނެ: ޝައިޚް ޢަބްދުﷲ

އީމާންކަމުގެ ޛައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކުވެސް ﷲ ގެ ޙުކުމްފުޅުތަކަށް އިޢުތިރާޟެއް ނުކުރާނެ: ޝައިޚް ޢަބްދުﷲ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޝައިޚް ޢަބްދުﷲ ޢިލްމުވެރިިންގެ ފޯރަމްގައި ވާހަކަ ފުޅުދައްކަވަނީ. ދިއިސްލާމް ފޮޓޯ: އިބްރާހިމް އަސްވާޤް

އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ހުރިމީހަކުވެސް ﷲގެ ޙުކުމްފުޅުތަކަށް އިޢުތިރާޟެއް ނުކުރާނެ ކަމުގައި ޖަމިއްޔަތުއް ސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހިމް (ޝައިޚް އަބްދުﷲ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އެޕާޓީގެ އޮފީހުގައި އިއްޔެ އޮތް ނޫސްކޮންފަރެއްސެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ސްްޕޯކްސް ޕާސަން ހާމިދު ޢަބްދުލް ޣަފޫރު މަރަށް މަރު ހިފުމަކީ އެމްޑީޕީން ދާއީދު ކުރާކަމެއް ނޫންކަމަށް ވިދާޅުވުމާއި ގުޅިގެން އެއަށް ރައްދުދެއްވަމުން އެޖަމިއްޔާގެ ވެބްސައިޓަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޝައިޚް އަބްދުﷲ ވިދާޅުވީ މަރަށް މަރުހިފުމުގެ ޙުކުމަކީ އޯގާވަންތަ ޙަކީމްވަންތަ ރައްބުލްޢާލަމީން 7 އުޑުގެ މަތީން ބާވާލައްވާފައިވާ ޙުކުމެއްކަމަށާއި އީމާންކަމުގެ ޛައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކުވެސް ﷲ ގެ ޙުކުމްފުޅުތަކަށް އިޢުތިރާޟެއް ނުކުރާނެކަމަށަށެވެ.

"މަރަށް މަރުހިފުމުގެ ޙުކުމަކީ އޯގާވަންތަ ޙަކީމްވަންތަ ރައްބުލްޢާލަމީން 7 އުޑުގެ މަތީން ބާވާލައްވާފައިވާ ޙުކުމެއް. ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ އެއްވެސްމީހަކު މިކަމާ އިންކާރެއް ނުކުރާނެ، އަދި ނުރުހުންވެސް ފާޅެއް ނުކުރާނެ. އީމާންކަމުގެ ޛައްރެއްގެ މިންވަރު ހިތުގައި ހުރިމީހަކުވެސް ﷲ ގެ ޙުކުމްފުޅުތަކަށް އިޢުތިރާޟެއް ނުކުރާނެ" ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެޝައިޚް ޢަބްދުﷲ އިތުރަށް ވިދާޅުވިގޮތުގައި ޤުރްއާނުގައިވާ ޙުކުމްތަކާމެދު ހިތުހުރި ވާހަކައެއް ދައްކަމުންދާ ޕާޓީތަކުގެ އިސްވެރީންނަށް ޕާޓީގެ މެމްބަރުންގެ ނަމުގައި ދީނުގެ ޙުކުމްތަކާމެދު ހިތުހުރި ވާހަކައެއް ދައްކައިގެން މުޅިޕާޓީ ތަމްޘީލް ކުރުމުގެ އިޚްތިޔާރެއް މެމްބަރުންވެސް ދީފައެއް ނޯންނާނެކަމަށާއި އަދި އެއީ އެޕާޓީއެއްގެ މެނިފެސްޓޯއަށްވެސް ކުރެވޭ ޚިޔާނާތެއްކަމަށް ވިދާޅުވިއެވެ. އަދި އެހެންކަމުން އެމްޑީޕީގެ ލޮބުވެތި ޢާންމު މެންބަރުންނަށް ކީރިތި ޤުރްއާނާ އިދިކޮޅަށް ވާހަކަ ދައްކަމުންދާ އިސްވެރީންނަށް އެކަން މަނާކުރުމަށް ތެދުވުމަށާއި، ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ދީނާއިޚިލާފް ވާހަކަ ދެއްކުމުގެ ޖާގަ އެއްވެސްމީހަކަށް ނުދިނުމަށް ގޮވާލެއްވިއެވެ.

"އެހެންކަމުން އެމްޑީޕީގެ ލޮބުވެތި ޢާންމު މެންބަރުންނަށް ކީރިތި ޤުރްއާނާ އިދިކޮޅަށް ވާހަކަ ދައްކަމުންދާ އިސްވެރީންނަށް އެކަން މަނާކުރުމަށް ތެދުވުމަށާއި، ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ދީނާއިޚިލާފް ވާހަކަ ދެއްކުމުގެ ޖާގަ އެއްވެސްމީހަކަށް ނުދިނުމަށް، އެހެންނޫންނަމަ ޤިޔާމަތް ދުވަހުން ﷲ ގެ ދަރުބާރުގައި އެކަލާނގެ ޙުކުމްފުޅުތަކަށް އިޢުތިރާޟްކޮށް ފާޑުކީ މީހުންގެ ޞަފުތަކުގައި އެބައިމީހުން މަޙްޝަރުކުރެވޭނޭ ކަމީ ޝައްކެއް އޮތްކަމެއްނޫން. އަދި އެފަދަ މީހުންގެ އީމާންކަމަކީ ޤަބޫލުކުރެވޭނެ އެއްޗެއްވެސް ނޫން، މާތް ﷲ ވަޙީ ކުރައްވާފައިވަނީ "ذالك بأنهم كرهوا ما أنزل الله فأحبط أعمالهم " މާނައީ: އެގޮތަކީ އެމީހުން ﷲ ބާވައިލެއްވި ތަކެއްޗަށް ނުރުހުނީއެވެ. އެހެންވެ އެމީހުންގެ ޢަމަލުތައް އެކަލާނގެ ބާޠިލް ކުރެއްވެވީއެވެ" ކީރިތި ޤުރްއާނުން ދަލީލު ގެނެސްދެއްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.

"[މަރަށް މަރު ހިފުމަކީ] ކަނޑައެޅިގެން އަޅުގަނޑުމެން އެކަމާ ދެކޮޅު، އަޅުގަނޑުމެންނަކީ ޑެތް ޕެނަލްޓީއަށް ތާއިދު ކުރާ ބައެއް ނޫން. ދުނިޔޭގެ ވަރަށް ގިނަ ގައުމުތައް އެބައޮތް [މަރަށް މަރުހިފުން]. ތަފާސް ހިސާބުތަކުން ދައްކާފަ ނެތް އޭގެ ސަބަބުން މެރުން މަދުވާކަމަކަށް. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން އެއީކީ،" ﷲގެ ޙުކުމްފުޅާއިދެކޮޅަށް ވާހަކަދައްކަމުން އެމްޑީޕީގެ ސްޕޯކްސްޕާރސަން ޙާމިދު ޢަބްދުލް ޣަފޫރު އިއްޔެ ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.