ރާއްޖޭގެ ޚަބަރު އަޅުގަނޑުމެންނަކީ ޑެތު ޕެނަލްޓީއަށް ތާއީދުކުރާ ބައެއް ނޫން: މެންބަރު ޙާމިދު

އަޅުގަނޑުމެންނަކީ ޑެތު ޕެނަލްޓީއަށް ތާއީދުކުރާ ބައެއް ނޫން: މެންބަރު ޙާމިދު

އަޅުގަނޑުމެންނަކީ ޑެތު ޕެނަލްޓީއަށް ތާއީދުކުރާ ބައެއް ނޫން: މެންބަރު ޙާމިދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

އެމްޑީޕީ މެންބަރުން ހުރަސްއެޅި 2012 ވަނަ އަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާއަށްފަހު | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

"އަޅުގަނޑުމްނަނަކީ ޑެތް ޕެނަލްޓީއަށް (މަރަށް މަރު ހިފުމަށް) ތާޢީދު ކުރާ ބައެއް ނޫން ކަމަށް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޙަމިދު ޢަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގައި އެޕާޓީގެ އިންޓަރނޭޝަނަލް ސްޕޯކްޕާސަންގެ މަޤާމުގައި ހުންނެވި ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި މަރަށް މަރުހިފުމާ ދެކޮޅު ކަމަށާއި އަދި މަރަށް މަރު ހިފުމަކުން ކުށްތައް މަދުވާކަން ތަފާސްހިސާބުތަކުން ވެސް ނުދައްކާ ކަމަށެވެ. މަރަށް މަރު ހިފުމާއި ދެކޮޅު ހަދާ ސަބަބާއި ބެހޭގޮތުން ޙާމިދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ހާލަތު ހިމެނޭ ކަމަށެވެ.

އެގޮތުން ހާމިދު ވިދާޅުވީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ގިނަވުމުގެ އަސްލަކީ ޝަރުޢީ ދާއިރާ ފެއިލްވުން ކަމަށާއި ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް މަޖިލީހުގައި މަސައްކަތްތަކެއް ކުރަން އެމްޑީޕީން ބޭނުންވި ނަމަވެސް އެކަން ނުވެ އޮތީ މެޖޯރިޓީ ނެތުމުގެ ސަބަބުން ކަމަށެވެ. އަދި އެކަމާ ގުޅޭ ބިލްތައް މަޖިލީހުގައި ހިފެހެއްޓިފައި ހުރީ ކުށްތަކަށް ހިތްވަރު ދޭ އަދި އެކަމުން ފައިދާވާ ބަޔަކު މަޖިލީހުގައި ތިއްބެވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަރަށް މަރުހިފުމަކީ އިސްލާމް ދީނުގައި އަންގާވާފައިވާ ގޮތް ކަމަށްވާއިރު އެކަމާ ދެކޮޅު ހައްދަވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެއީ ވަރަށް ފަސޭހަ އާދައިގެ މާނަކުރުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިތަނުގައި ދީނީ ގޮތުން ބަހުސަކަށް ދާން ބޭނުން ނުވާ ކަމަށެވެ. "އަކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޭގައި ވަރަށް ގިނަ މައްސަލަތަކެއް އެބަ އޮތް."  ހާމިދު ވިދާޅުވިއެވެ.

ހާމިދު މިހެން ވިދާޅުވެފައިވާއިރު ލާންސްކޯޕްރަލް އާދަމް ޙަލީމުގެ މަރާއި ގުޅިގެން އެމްޑީޕީގެ ކާށިދޫ ގޮފިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  މިމައްސަލަ ރަނގަޅަށް ތަހުޤީޤުކޮށް މިއަނިޔާވެރި އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް އެމްޑީޕީ ކާށިދޫ ދާއިރާއިން ހަރު އަޑުން ގޮވާލާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.