އާދަމް ޙަލީމްގެ މޫނު ދެއްކުން މެންދުރު ނަމާދަށްފަހު ކަށުނަމާދު އަޞުރު ފަހުން އިސްލާމީ މަރުކަޒުގައި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ދާދިދެންމެއަކު ކަށަވަރު ކޮށްދީފައިވާ ގޮތުގައި "އާދަމް ޙަލީމުގެ މޫނުދެއްކުން އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަމަށާއި އެމަރުޙޫމުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައި" ކަމަށެވެ. އަދި "މަރުޙޫމުގެ ޖަނާޒާ އޮންނާނީ ކަށުނަމާދަށްފަހު ގަލޮޅު ސަހަރާގައި." ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ކ. ކާށިދޫ ކެތި އާދަމް ހަލީމް (26 އަހަރު) މަރާލާފައިވަނީ ރޭ 12.00 ހާއިރު ކާށިދޫގައި ޑިއުޓީއަށް ނުކުމެ އުޅުނިކޮން ތޫނު އެއްޗަކުން ހަމަލާ ދީގެންނެވެ. ފުލުހުން ހާމަކުރައްވާ ގޮތުގައި އާދަމް ހަލީމް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި މި ހާދިސާއާ ގުޅިގެން ފުލުހުން ކާށިދޫން ހައްޔަރުކޮށްފައި ވަނީ ސަމާހު ކިޔާ މީހެއްކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...