"ފުރަނައަކީ ބުރަދަނެއް ނެއް އެއްޗަކަށް ވެގެން މިދަނީ. މިކަން ކަން ހުއްޓުވޭނީ މަރަށް މަރުހިފައިގެން." ކަމަށް ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިފަދައިން ވިދާޅުވީ މިރޭ ވީޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ފުލުސް މީހާ މަރާލުމާއި ގުޅިގެން ވީޓީވީއިން ގެނެސްދިން އަވަސް ޚަބަރަށް ފޯނުން ދެއްވި ބަސްދީގަތުމުގައި ޝެއިޚް އިމްރާން ވިދާޅުވީ "މިއީ ވަރަށް ބިރުވެރި މައްސަލައެއް. އަޅުގަނޑުމެން އަހުލާގު ނެތިގެން ގޮސް މީހުންގެ ފުރަނައަކީ ބުރަދަނެއް ނެތް އެއްޗަކަށް ވެގެން މިދަނީ. މިކަން ކަން ހުއްޓުވޭނީ މަރަށް މަރުހިފައިގެން." ކަމަށެވެ.
އަދި މީގެ އިތުރުން ޝެއިޚް ވިދާޅުވީ "މިއީ ގައުމީ ހިތާމައެއް. އަދި މިއީ ފުލުހުންގެ މުއައްސަސާއަށް ބޮޑު ގޮންޖެހުމެއް ކުރިމަތި ކުރުވި ހާދިސާއެއް. ގައުމު މިހާލަތަށް ވެއްޓުނީ ބަޔަކު ސިޔާސީ ނާޖައިޒު ފައިދާ ހޯދަން ފެށި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން. އަޅުގަނޑު ފުލުހުންނަށް ހިތްވަރު ދެން. އަޅުގަނޑު މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވަން." ކަމަށެވެ.
ޝެއިޚް އިމްރާންގެ އިތުރުން މިސަރުކާރުގެ އެތައް އިސްވެރިންނެއް ވަނީ މަރަށް މަރު ހިފުމަށް ބާރުއަޅާ ވާހަކަ ދައްކަވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...