ރާއްޖޭގެ ޚަބަރު މިރޭގެ އިޙްޔާ ފޯރަމް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ލައިވް ކުރާނެ

މިރޭގެ އިޙްޔާ ފޯރަމް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ލައިވް ކުރާނެ

މިރޭގެ އިޙްޔާ ފޯރަމް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ލައިވް ކުރާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1433 ވަނަ އަހަރުގެ ރަމްޟާން މަހުގެ ހަނދު ސާބިތު ކުރުމުގެ ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އިސްމާއިލް އަފްރާހު

ކޮންމެ ރަމްޟާން މަހަކު ހަފްތާއަކު ދެފަހަރު ބާއްވަމުން އަންނަ އިޙްޔާ ފޯރަމްގެ މިއަހަރުގެ ފުރަތަމަ ފޯރަމް މިރޭ ބެއްވުމަށް ހަމަޖެހިފައިވާއިރު މިރޭގެ ފޯރަމް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ލައިވްކުރާނެކަމަށް އިސްލާމިކް މިނިސްޓރީއަން ބުނެފިއެވެ.

'ރަމްޟާން މަހާއި އަޅުކަން' މިމަޢުލޫއަށް ބޭއްވުމަށް ހަމޖެހިފައިވާ އިޙްޔާ ފޯރަމްގެ މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް އިސްހާޤު މުޙައްމަދުގެ އިތުރުން އައްޝައިޚް އިލްޔާސް ޙުސައިންނެވެ.

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މަޢުލޫއަށް ވާހަކަ ދައްކަވައި ނިމުމުން މަޢުލޫއާއި ގުޅޭގޮތުން ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޢިލުމުވެރިންގެ ޕެނަލްއެއް ތިއްބަވާނެއެވެ. އެގޮތުން މިރޭގެ ޕެނަލްގައި ތިއްބަވާނީ އައްޝައިޚް އިސްހާޤު މުޙައްމަދާއި އައްޝައިޚް އިލްޔާސް ޙުސައިންގެ އިތުރުން އައްޝައިޚް އަޙްމަދު ސަލީމު ޙުސައިންނެވެ. މިރޭގެ ފޯރަމް ފެށޭނީ މިރޭ 9:30 ގައެވެ.

އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ކުރިން ވިދާޅުވެފައިވަނީ މިއަހަރުގެ ރަމްޟާން މަހުގެ އިޙްޔާ ފޯރަމަށް ވަޑައިގަންނަވާ ކޮންމެ މީހަކަށް ހަދިޔާއެއް އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެހަދިޔާއަކީ ކޮން އެއްޗެއްކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.