ރާއްޖޭގެ ޚަބަރު އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓުމުގައި "ސަން" ދެމިއޮތުމަށް ސަން މީޑިއާ ގްރޫޕުގެ ޗެއާމަން ގޮވާލައިފި

އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓުމުގައި "ސަން" ދެމިއޮތުމަށް ސަން މީޑިއާ ގްރޫޕުގެ ޗެއާމަން ގޮވާލައިފި

އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓުމުގައި "ސަން" ދެމިއޮތުމަށް ސަން މީޑިއާ ގްރޫޕުގެ ޗެއާމަން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިޔާމް. | ފޮޓޯ: ސަން

"އަބަދުމެ އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓާ މީޑިއާއެއްގެ ގޮތުގައި ސަން ދެމި އޮތުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަށް އެދޭ ކަމަށް" ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަދި މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިހެން ވިދާޅުވީ ސަންޓީވީ ޕްލަސްގެ ޚިދުމަތް ފެއްޓުމާއި ގުޅިގެން ސަން އޮންލައިންގައި ޝާއިއުކޮށްފައިވާ ބަސްދީގަތުމެއްގައެވެ. ސިޔާމު ވިދާޅުވީ، "އަބަދުމެ އިސްލާމް ދީނުގެ އަސާސްތައް ނެގެހެއްޓުމާ އެކު، ގައުމީ މަސްލަހަތަށް އިސްކަންދޭ މީޑިއާއެއްގެ ގޮތުގައި ސަން ދެމި އޮތުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ"ކަމަށާއި "ހަމަ އެއާ އެކު ގައުމުގެ ސުލްހަ މަސަލަސް ކަމާއި ރައްޔިތުންގެ ހަމަޖެހުމާއި އެއްބައެއްވަންތަކަމަށް އިސްކަން ދިނުމަށް" ވެސް ސިޔާމް ވަނީ ސަން މީޑިއާގެ ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.

ސަން މީޑިއާ ގްރޫޕުން އިއްޔެ ވަނީ 'ސަން ޓީވީ ޕްލަސް'ގެ ނަމުގައި ޓީވީ ޗެނަލްއެއް ލޯންޗްކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.