11 އަހަރަށް ފަހު މިއަހަރު ރަމްޟާން މަހު ފުރަތަމަ ފަހަރަށް ޝައިޚް އިލްޔާސް ޙުސައިން ރާއްޖޭގައި މަޑު ކުރައްވާގޮތަށް ނިންމެވުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު އުފާވެރި ޚަބަރަކަށެވެ.
ޝައިޚް އިލްޔާސް މިގޮތަށް އިޢުލާން ކުރެއްވީ މިއަހަރު ރަމްޟާން މަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން، ޒުވާނުން ތަކެއް އިސްނަގައިގެން މަސްޖިދިލް މުޙައްމަދު ތަކުރުފާން އައުޟަމްގައި 'އައްޑަނަ ލިބިގަތުމަށް އަވަސްވެ ގަންނާށެވެ.' މިމަޢުލޫއަށް ބޭއްވި ދަރުސްގައެވެ.
ޝައިޚް ދަރުސްތައް ފާހަގަ ކުރެވިފައިވަނީ އެދަރުސްތަކުން ގިނަ ބަޔައެއްގެ ލޮލުން ކަރުނަ ނީރާލާ އަސަރު ކުރުވަނިވި ދަރުސްތަކެއް ކަމުގައެވެ. މިއަހަރު ރަމްޟާން މަހު ރާއްޖޭގައި މަޑު ކުރަން ނިންމި ސަބަބާއި ބެހޭގޮތުން ދިއިސްލާމަށް ދެއްވި އިންޓަވިއުއެއްގައި ޝައިޚް ވިދާޅުވީ އަބަދުވެސް ރަމްޟާން މަހު މާލޭގައި މަޑު ކުރުމަށް ގިނަ ބަޔަކު އެދޭކަމަށާއި، ނަމަވެސް ވޭތުވެދިޔަ 11 އަހަރު ސިސިލްފަރު ހައްޖު ޢުމުރާ ގުރޫޕްގައި އުމްރާއަށް ދާކަމަށާއި މިފަހަރު ނުގޮސް މަޑު ކުރީ މާލޭގައި މަޑު ކުރުމަށް ގިނަ ބަޔަކު އެދެމުން ދާތިއެވެ. އަދި ޤައުމުގެ ހާލަތު އޮތްގޮތުން މަޑު ކުރުމަށް ނިންމެވީ ކަމަށެވެ.
ޝައިޚް އިލްޔާސް މާލޭގައި މަޑު ކުރުމަށް ނިންމެވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ވަނީ ޝައިޚް އިލްޔާސް ހިމެނޭގޮތުން ދަރުސްތަކާއި ޢިލުމީ ފޯރަމްތަކުގެ ތަފާތު ޕްރޮގުރާމްތައް އިންތިޒާމު ކޮށްފައެވެ.
އޮގޮތުން މިރޭ ބާއްވާ ހަނދު ސާބިތު ކުރުމުގެ ޖަލްސާގައި ޝައިޚް އިލްޔާސް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވެއެވެ.
ޝައިޚް އިލްޔާސް މިއަހަރު ރާއްޖޭގައި މަޑު ކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއން ބުނީ ޝައިޚް އިލްޔާސްގެ ދަރސްތަކަކީ އަކީ ގިނަ ބަޔަކު އިލްޔާސްގެ ދަރުސް އަޑުއެހުމަށް ޝައުޤުވެރިކަންދޭ ދަރުސްތަކެއް ކަމަށެވެ. އެހެން ކަމުން މިރަމްޟާން މަހު ޝައިޚް އިލްޔާސް މާލޭގައި މަޑު ކުރެއްވުމަށް ނިންމެވުމަކީ ގިނަ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީއިންން ވަނީ ޝައިޚް އިލްޔާސް ނިންމެވުމަށް މަރުހަބާ ކިޔާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...