ރާއްޖޭގެ ޚަބަރު ރަމްޟާން މަހަށް ގެންނަ ހާފިޒުން މާދަމާ މާލެ އަންނާނެ

ރަމްޟާން މަހަށް ގެންނަ ހާފިޒުން މާދަމާ މާލެ އަންނާނެ

ރަމްޟާން މަހަށް ގެންނަ ހާފިޒުން މާދަމާ މާލެ އަންނާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަމްޟާން މަހުގެ އިމާމުވެ ތަރާވިސް ނަމާދު ކުރުމަށް ގެންނަ ހާފިޒުން މާދަމާ މެންދުރުފަހު ވަގުތެއްގައި މާލެ އަންނާނެ ކަމަށް ޢަދަލަތު ޕާޓިއިން ބުނެފިއެވެ.

ޢަދާލަތު ޕާޓީގެ އޮފިޝަލެއް ވިދާޅުވީ މިއަހަރުގެ ރަމްޟާން މަހަށް އެޕާޓީން ގެންނަން ނިންމައިފައިވަނީ 31 ހާފިޒުން ކަމަށެވެ. ހާފިޒުން ފޮނުވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 25 ން މިދިޔަ މަހުގެ 20 ގެ ނިޔަލަށް އެކަމަށް އެދުމަށް ހުޅުވާލި މުއްދަތުގައި އެދިފައިވާ ރަށްތަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ އެމުއްދަތު ހަމަވުމަށްފަހުވެސް ވަރަށް ގިނަ ރަށްރަށުން އެކަމަށް އެދިފައިވާތީ، މުއްދަތު އިތުރުވެސް ކުރެވުނު ކަމަށެވެ.

މިގެންނަ ހާފިޒުންނަށް 'ސްޕެޝަލް ވިސާ' ވެސް ހަމަޖެހިފައިވާ ކަމަށާއި، މިހުރިހާ ހާފިޒުންވެސް ފޮނުވުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރެއަށް ކަމަށް އޮފިޝަލް ވިދާލުވިއެވެ.
މިއީ އެޕާޓިއިން ހާފިޒުން ގެންނަ ހަތަރު ވަނަ އަހަރެވެ. އެގޮތުން 2009 ވަނަ އަހަރު އެޕާޓީއިން ގެނެސްފައިވަނީ 10 ހާފިޒުންނެވެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.