ރާއްޖޭގެ ޚަބަރު މިފްކޯއިން ރަމްޟާން މަހާއި ދިމާކޮށް ޚާއްޞަ އަގެއްގައި މަސްވިކުމުގެ އިންތިޒާމު ހަމަޖައްސަނީ

މިފްކޯއިން ރަމްޟާން މަހާއި ދިމާކޮށް ޚާއްޞަ އަގެއްގައި މަސްވިކުމުގެ އިންތިޒާމު ހަމަޖައްސަނީ

މިފްކޯއިން ރަމްޟާން މަހާއި ދިމާކޮށް ޚާއްޞަ އަގެއްގައި މަސްވިކުމުގެ އިންތިޒާމު ހަމަޖައްސަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ އެންމެ ބޮޑު މަސް ކުންފުނި މޯލްޑިވުސް އިންޑަސްޓްރިއަލް ފިޝަރީޒު ކޮމްޕެނީ (މިފްކޯ) އިން ރަމްޟާން މަހާއި ދިމާކޮށް ހެޔޮއަގެއްގައި މަސް ފޮރުކޮށްދޭ ގޮތަށް ނިންމައިފިއެވެ.

މިއަދު ވެލާނާގެ ނޫސްވެރިންނަށް މަޢުލޫމާތު ދޭ ކޮންފަރެންސުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި ވާހަކަދައްކަވުމުން މިފްކޯގެ ބޯޑް މެންބަރ އަދުލީ އިސްމާއިލު ވިދާޅުވީ މިފްކޯއިން ރައްޔިތުންނަށް އަގު ހެޔޮކޮށް މަސް ފޯރުކޮށްދިނުމަށްޓަކައި މިފްކޯގެ މިހާރު ހިންގާ ފިހާރައިގެ އިތުރުން އިތުރު ފިހާރައެއް ހުޅުވައިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އަލިމަސް ކާނިވަލް ސަރަހައްދުގައި ކުރީގެ ގޭމް ސެންޓަރު ހުރިތަނުގައި މިފްކޯގެ މަސް ފިހާރައެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް އަދުލީ ވިދާޅުވިއެވެ.

ދިވެހިން އައިސް ކުރި މަހަށް މިހާރު އިތުބާރު ނުކުރޭ. އޭގެ ސަބަބަކަށްވަނީ އައިސް ކުރިމަހަކީ ސިއްހަތައް އެހާ ރަގަޅު އެއްޗަކަށް ނުވާތީ. އޭގައި 'ހިސްޓަމިން' ކިޔާ ހަށި ގަނަޑަށް ރައްކާތެރި ނޫން މާއްދާއެއް އުފެދޭ. އޭގެ ސަބަބުން ބައެއްފަހަރު އިތުރު ސިއްޙީ މައްސަލަތައްވެސް ކުރިމަތިވޭ. އެހެންކަމުން މިފްކޯއިން މިފޯރުކޮށްދެނީ ތާޒާ ފްރެޝް މަސް" އަދުލީ އިސްމާއިލް ވިދާޅުވިއެވެ.

ތާޒާ ފްރެޝް މަސް ފޯރުކޮށް ދިނުމަށްޓަކައި މާފަންނުގައި ހުންނަ މިފްކޯ ފަސް މީރު ފިހާރައާއި ޖެހިގެން 'މިފްކޯ ފަސްމީރު މަސްމާރުކޭޓް' ގެ ނަމުގައި މަސްމާރުކޭޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިފިހާރައިން މަސް މާރުކޭޓަކުން ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނާނެ ކަމަށް އަދުލީ ވިދާލުވިއެވެ.

"މިމާރުކޭޓްން މަސް މާރުކޭޓަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެ. މަސް ކަނަޑައިވެސްދޭނެ، އެތަނުން މަސް ގެއާއި ހަމައަށް ގެންދެވެންދެން ވަރަށް ތަޒާކމާއެކު ބެހެއްޓުމަށްޓަކައި އައިސް ކޮޅެއްވެސް ލިބޭނެ، ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށްވެސް މިފްކޯގެ މާރުކޭޓުން މަސް ގަނެގެން. އަދި މާރުކޭޓް ސަރަހައްދުން ކަރައެއް ގަނެލައިގެން ދިޔަސް އެމަސް ހުންނާނީ ވަރަށް ތާޒާކޮށް" އަދުލީ ވިދާޅުވިއެވެ.

އަދުލީ ވގިދާޅުވީ ރަމްޟާން މަސް ނިމުނު ކަމުގައިވިއަސް 'މިފްކޯގެ ފަސްމީރު މަސް މާރުކޭޓު'ން މަސްމާރުކޭޓްގެ ޚިދުމަތް ފޮރުކޮށްދެމުން ގެންދާނެކަމަށް އަދުލީ ވިދާލުވިއެވެ.

މިފްކޯގެ އިތުރުން ސަރުކާރުން ހިންގާ އަނެއް މަސް ކުންފުނި ކުއްޑޫއިންވެސް ވަނީ މިއަހަރުގެ ރަމްޟާން މަހާއި ދިމާކޮށް ހެޔޮ އަގު ތަކެއްގައި ރަމްޟާން މަހަށް މަސް ފޯރުކޮށްދޭނެކަމަށް އިއްޔެ ވަނީ ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.