ރާއްޖޭގެ ޚަބަރު "ރަމަޟާންމަހާއި އިސްތިޤުބާލު ކުރަން އަޅުގަނޑުމެން މިވިސްނަނީ އެއީ އަޅުގަނޑުމެން ސަލާމަތާއި ގުޅިފައިވާ ކަމަކަށްވާތީ": ޝެއިޚް ސަމީރު

"ރަމަޟާންމަހާއި އިސްތިޤުބާލު ކުރަން އަޅުގަނޑުމެން މިވިސްނަނީ އެއީ އަޅުގަނޑުމެން ސަލާމަތާއި ގުޅިފައިވާ ކަމަކަށްވާތީ": ޝެއިޚް ސަމީރު

"ރަމަޟާންމަހާއި އިސްތިޤުބާލު ކުރަން އަޅުގަނޑުމެން މިވިސްނަނީ އެއީ އަޅުގަނޑުމެން ސަލާމަތާއި ގުޅިފައިވާ ކަމަކަށްވާތީ": ޝެއިޚް ސަމީރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާ ކުރުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ: އެމްއެންޑީއެފް

"ރަމަޟާންމަހާއި އިސްތިޤުބާލު ކުރަން އަޅުގަނޑުމެން މިވިސްނަނީ އެއީ އަޅުގަނޑުމެން ސަލާމަތާއި ގުޅިފައިވާ ކަމަކަށްވާތީ"ކަމަށް ޝެއިޚް އައްޝައިޚް އަޙުމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސިފައިންގެ ހިތްތަކުގައި ދީނީ ލޯތްބާއި ޤައުމީ ރޫޙް އާލާ ކުރުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އައްޝައިޚް އަޙުމަދު ސަމީރު ބިން އިބްރާޙީމް ވިދާޅުވީ، "ރަމަޟާންމަހާއި އިސްތިޤުބާލު ކުރަން އަޅުގަނޑުމެން މިވިސްނަނީ އެއީ އަޅުގަނޑުމެން ސަލާމަތާއި ގުޅިފައިވާ ކަމަކަށްވާތީ" ކަމަށާއި "ރަމަޟާންމަހާއި އިސްތިޤުބާލު ކުރާ ބަހުގެ މާނައަކީ ސުވަރުގެ ހޯދުމަށްޓަކާ އެކަކަށްވުރެ އަނެކަކު ގަދައަޅާ މަސައްކަތް ކުރުން" ކަމަށް ޝެއިޚް ސަމީރު ވިދާޅުވިއެވެ. ޝެއިޚް ސަމީރުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ރަމަޟާންމަހުގެ މާތްކަމާއި ބެހޭގޮތުންނެވެ. މިގޮތުން ވާހަކަފުޅު ދައްކަވަމުން ޝެއިޚް ސަމީރު ވިދާޅުވީ "ކުރިއަށްއޮތް ރަމަޟާންމަހާއި އަޅުގަނޑުމެން ކުރިމަތިލާ، ހުރިހާފާފައެއް ފޮހެވޭ މައްސަރަކަށް ހެދުމަށްޓަކާ ތައުބާވެ، ރަމަޟާންމަސް ނިމިގެންދާއިރު ސާފުޠާހިރު ނަފްސަކަށް އެމީހެއްގެ ނަފްސު ހެދުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން ޖެހޭނެ" ކަމަށްވެސް ޝެއިޚް އަޙުމަދު ސަމީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އަޙުމަދު ސަމީރު އިތުރަށް ވިދާޅުވީ "ޖިހާދު ބެހިގެންވަނީ ހަތަރު ބަޔަކަށް ކަމަށާއި އެއީ ނަފްސާއި ދެކޮޅަށްކުރާ ޖިހާދުއާއި ޝައިޠާނާއާއި ދެކޮޅަށް ކުރާ ޖިހާދާއި މުނާފިޤުންނާއި ދެކޮޅަށް ކުރާ ޖިހާދުގެ އިތުރުން ކާފަރުންނާއި ދެކޮޅަށްކުރާ ޖިހާދު" ކަމަށާއި "މީގެ ތެރެއިން އެންމެ ނުރައްކާތެރި ވައްތަރުގެ ޖިހާދަކީ ނަފްސާއި ދެކޮޅަށްކުރާ ޖިހާދުކަން ބަޔާންކުރައްވާ ޤުރުއާނުން ދަލީލު ދައްކަވަމުން ޝެއިޚް އަޙުމަދު ސަމީރު ވިދާޅުވެފައިވަނީ ތިޔަބައިމީހުންގެ އެންމެ ފުރަތަމަ މައިދާނަކީ ތިޔަބައިމީހުންގެ ނަފުސާއި ދެކޮޅަށްކުރާ ޖިހާދުގެ މައިދާނުކަމަށާއި އެމައިދާނުގައި ނަޞްރުލިބިއްޖެނަމަ އެމީހަކަށް ޙަޤީޤީ ނަޞްރު ލިބޭނެ" ކަމުގައެވެ.

ޝެއިޚް ސަމީރުގެ މިދަރުސް އަޑު އެހުމަށް ގިނަ އަދަދެއްގެ ސިފައިން ކަޅުތުއްކަލާ ކޮއްޓަށް ޖަމާވިއެވެ. އެގޮތުން މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު މުޙައްމަދުއާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި އަދި އެކިރޭންކްތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.