ރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް، ޝައިޚް އިލްޔާސް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިއޮތް ފުލައިޓް ކެންސަލްވުމުގެ ސަބަބުން، ދަރުސް ވަނީ ފަސްކޮށް މިރޭ ބޭއްވުމަށް ނިންމާފައެވެ. އަދި މިރޭގެ ދަރުސް ޓީވީއެމްއިން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.
'އައްޑަނަ ލިބިގަތުމަށް އަވަސްވެ ގަންނާށެވެ.' މިދަރުސް އިންތިޒާމު ކުރާ ޒުވާނުންގެ ގުރޫޕްގެ އޮފިޝަލަކު ބުނީ މިދަރުސް މިރޭ ބޭއްވުމުގެ ހުރިހާ ކަމެއްހެން ނިމިފައިވާ ކަމަށެވެ. ދިއިސްލާމްގެ ފަރާތުން އޮފިޝަލަށް ގުޅާލުމުން އޮފިޝަލް ބުނީ ޝައިޚް އިލްޔާސް ރާއްޖެ ވަޑައިގަތުމަށް މިހާރު ހުންނެވީ ދަތުރު މަތީގައި ކަމަށާއި މެންދުރު ފަހުގެ 1 ޖަހާއިރު ޝައިޚް އިލްޔާސް ޙުސައިން ހުންނަވާނީ މާލޭގައި ކަމަށެވެ.
އޮފިޝަލް ބުނީ މިދަރުސް ރޭޑިއޯ އެޓޯލްއިން ލައިވުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަހެން ބޭފުޅުންނަށްވެސް ދަރުސައް ވަޑައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އަންހެން ބޭފުޅުންނަށް އިސްލާމީ މަރުކަޒުގެ މަތީބައި ޚާއްޞަ ކުރެވިފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
މިދަރުސަށް ޚާއްޞަކޮށް ޒުވާނުންނާއި ސުކޫލު ކުދިން ވަޑައިގަތުމަށް ދަރުސް އިންތިޒާމު ކުރާ ފަރާތުން އެދިލައްވައެވެ. މިދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ބައިގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...