ރާއްޖޭގެ ޚަބަރު ކުއްޑޫއިން ރަމްޟާން މަހާއި ދިމާކޮށް ޚާއްޞަ ހެޔޮއަގެއްގައި ރައްޔިތުންނަށް މަހުގެ ބާވަތްތައް ފޯރުކޮށްދެނީ

ކުއްޑޫއިން ރަމްޟާން މަހާއި ދިމާކޮށް ޚާއްޞަ ހެޔޮއަގެއްގައި ރައްޔިތުންނަށް މަހުގެ ބާވަތްތައް ފޯރުކޮށްދެނީ

ކުއްޑޫއިން ރަމްޟާން މަހާއި ދިމާކޮށް ޚާއްޞަ ހެޔޮއަގެއްގައި ރައްޔިތުންނަށް މަހުގެ ބާވަތްތައް ފޯރުކޮށްދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުއްޑޫގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މުއްޠަލިބު | ދިއިސްލާމް ފޮޓޯ: އަބީދު

ކުއްޑޫ ފިޝަރީޒް މޯލްޑިވުސްއިން ރަމްޟާން މަހާއި ދިމާކޮށް ޚާއްޞަ ހެޔޮ އަގުތަކެއްގައި ރައްޔިތުންނަށް މަހުގެ ބާއްވާތްތައް ފޯރުކޮށް ދޭން ނިންމައިފިއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ދެއްވުމަށް ވާލާނާގޭގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކުއްޑޫގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވީ "އެހެން އަހަރުތަކާއި ޚިލާފަށް ރަމްޟާން މަހުގައި އަގުހެޔޮކޮށް ފަސޭހައިން މަހުގެ ބާވަތްތައް ފޯރުކޮށްދިނުމަށްޓަކައި ވުޑު އެޕަލް ކުރިމަތީގައި ހުންނަ ފިހާރައިގެ އިތުރުން އެފްއޭއެމް ބިލްޑިންގައިވެސް ފިހާރައެއް ހުޅުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި މާލޭގެ ހަތަރު ސަރަހައްދުން މަސްލިބޭނެ ގޮތަށް ޑިސްޓަރބިޔުޝަނުންނާއި ވާހަކަ ދައްކަމުން އަންނަ" ކަމަށެވެ.

މުޙައްމަދު މުއްޠަލިބު ވިދާޅުވީ "އެފްއޭއެމް އިމާރާތުގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރަ ރަމްޟާން މަސް ފެށުމުގެ ކުރިން ހުޅުވާނެ" ކަމަށެވެ. އަދި "ތެރެއަށް މަސްވިއްކުމަށްޓަކައި، ރަށްރަށުގައި ހުންނަ އެސްޓީއޯ ފިހާރަތކުން މަސް ލިބޭނެ ގޮތަށް ހަމަޖެއްސުމަށްޓަކައި އެސްޓީއޯ ވާހަކަ ދައްކަމުންދާ" ކަމަށެވެ. މީގެއިތުރުން "ކުއްޑޫ ހިމެނޭ ދެކުނު ސަރަހައްދުގެ ރަށްރަށުގެ ބަނދަރު ހެދިފައިވާ ރަށްރަށަށް، ކޮންމެ ހަފުތާއަކު ކުއްޑޫގެ މަސް ބޯއްޓު ގޮސް އެރަށްރަށުގެ ރައްޔިތުންނަށްވެސް މަސްފޯރުކޮށް ދެމުން ގެންދާނެ"ކަމަށްވެސް ކުއްޑޫގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މުއްޠަލިބު މިއަދު ވިދާޅުވިއެވެ.

ކުއްޑޫ ފިޝަރީޒު މޯލްޑިވުސް އިތުރަށް މާލޭގެ ރައްޔިތުންނަށް ތާޒާ މަސް ވިއްކުމުގެ އިންތިޒާމު ހަމަޖައްސަމުންދާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.