މާދަމާ ރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސް 'އައްޑަނަ ލިބިގަތުމަށް އަވަސްވެ ގަންނާށެވެ" ރޭޑިއޯ އެޓޯލްއިން ލައިވުކުރުމަށް ހަމޖެހިފައިވާ ކަމަށް މިދަރުސް އިންތިޒާމު ކުރާ ފަރާތުން ބުނެފިއެވެ.
ޒުވާނުން ތަކެއް އިސްނަގައިގެން އިންތިޒާމު ކުރާ މިދަރުހާއި ބެހޭ ގޮތުން ވާހަކ ދައްކަމުން ޒުވާނުންގެ ޓީމުގައި ހިމެނޭ އިސްއޮފިޝަލެއް ކަމުގައިވާ އިސްމާއިލް ބުނީ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވު ކުރުވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް ލިބިފައިވާ ކަމަށެވެ.
އެފަރާތުން [ރޭޑިއޯ އެޓޯލްއިން] ދަރުސް ލައިވްކޮށްދިނުމަށް ބުނެފައިވާ ކޮންމެފަހަރަކު ލައިވު ކުރެވޭ. އެގޮތުން މިފަހަރުވެސް ވަރަށް ބޮޑަށް އުއްމީދެއް އެބައޮތް ދަރުސް ލައިވް ކުރެވޭނެ ކަމަށް" އިސްމާއިލް ބުންނޭވެ.
މިދަރުސައް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް މިދަރުސް އިންތިޒާމު ކުރާ ޒުވާނުން އެދިލައްވައެވެ.
"ޚާއްޞަ ގޮތެއްގައި ގިނަ ޢަދަދެއްގެ ޒުވާނުން މިދަރުސް އަޑުއަހަން ޙާޟިރު ވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" ދަރުސް އިންތިޒާމު ކުރުމުގައި އުޅުއްވާ އޮފިޝަލެއް ބުންޏެވެ.
މިދަރުސް އޮންނާނީ މާދަމާރޭ އީޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ މިސްކިތު
'އައްޑަނަ ލިބިގަތުމަށް އަވަސްވެ ގަންނާށެވެ' ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވުކުރާނެ

ކޮމެންޓް (0)
ލޯޑް ކުރަމުން...